ads
މީރާ-- ފޮޓޯ: އަވަސް
އޮންލައިންކޮށް އަހަރީ ފީ ދައްކާ މީހުންނަށް ސްޓިކާ ދޫކުރަން އަލުން ފަށަނީ
އޮންލައިންކޮށް އެއްގަމު އުޅަނދުގެ އަހަރީ ފީ ދައްކާ ފަރާތްތަކަށް އަލުން ފީ ދެއްކުމުން ދޭ ސްޓިކާ އަލުން ދޫކުރަން ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު، އޮންލައިންކޮށް އެއްގަމު އުޅަނދުގެ އަހަރީ ފީ ދައްކާ ފަރާތްތަކަށް ފީ ދެއްކުމުންދޭ ސްޓިކާ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އަލުން ދޫކުރަން ނިންމާފައިވާ ކަމަށެވެ. 

މީރާ އިން އިތުރަށް ބުނީ މިމަހުގެ 13 ވަނަ ދުވަހުން ފެށީގެން އަލުން ސްޓިކާ ދޫކުރަން ފެށި ނަމަވެސް ސްޓިކާގެ ބަދަލުގައި އޮންލައިން ރަސީދު އަދިވެސް ބޭނުންކުރެވޭނެ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން މީރާ އިން ވަނީ މީރާގެ އޮފީހަށް މީހުން ދިއުން މަދުކުރުމުގެ ގޮތުން ހުރިހާ ހިދުމަތެއް ވެސް އޮންލައިންކޮށް ދޭން ފަށާފަ އެވެ.

އެގޮތުން މީރާއިން ވާރުޕޭ މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ކުންފުނިތަކާއި، އުޅަދުތަކުގެ އަހަރީ ފީ ބަލައިގަތުމާއި ޕާކިން ވައިލޭޝަން ޖޫރިމަނާ ތަކުގެ އިތުރުން ވޯކް ވިސާ ފަދަ މީރާއިން ފޯރުކޮށްދޭ އެހެނިހެން ފީތަކުގެ ހިދުމަތްވެސް އޮންލައިންކޮށް ލިބެ އެވެ. 

އެކަމަކު އޮންލައިންކޮށް ހިދުމަތް ދިން ނަމަވެސް މީރާ އިން މިހާރު އަންނަނީ ރަސްމީ ގަޑިތަކުގައި އޮފީހުން ވެސް ހިދުމަތް ދެމުންނެވެ. އެގޮތަށް ހިދުމަތް ހޯދުމަށް އޮފީހަށް ދާނަމަ، މީރާގެ މޯބައިލް އެޕް ނުވަތަ ކިއުބީ މެދުވެރިކޮށް ޓޯކެން ނަންބަރު ނަގައިގެން އައުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް