ads
2018 ވަނަ އަހަރުގެ އެމްޓީސީސީގެ އޭޖީއެމްގެ ތެރެއިން-- ފޮޓޯ: ވަން އޮންލައިން
އެމްޓީސީސީގެ އޭޖީއެމް މިމަހުގެ 27 ގައި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ، މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާ އޮންނަނީ މިމަހުގެ 27 ވާ އާދިއްތަ ދުވަހުގެ 16:00 ގައި ފަހި ވޯޓު މެދުވެރިކޮށް ކަމަށެވެ.

އެމްޓީސީސީގެ އޭޖީއެމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ 16:00 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ހިއްސާދާރުންނަށް މިދިޔަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު، ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހާ ގޮތަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު މިދިޔަ އަހަރުގެ ފައިދާ ލިބޭނީ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. 

އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރަށް އޮޑިޓަރުން ހޮވުމާއި އެފަރާތްތަކުގެ އުޖޫރަ ކަނޑައެޅުމާއި ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ގަރާރު ފާސްކުރުމާއި ކުންފުނީގެ ޑިރެކްޓަރުންގެ ފީއަށް ބަދަލު ގެނައުމަށް ވެސް ކުރިއަށް އޮތް ދެ އަހަރަށް ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކުރުން ވެސް އޮންނާނެ އެވެ. 

އޭގެ އިތުރުން މިހާރު ވަނީ އޭޖީއެމްގައި ހިއްސާދާރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓަށް ކުރަން ބޭނުންވާ ސުވާލުތަކާއި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. އެ ހުށަހެޅުންތައް ވެސް މިމަހުގެ 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް