ads
އިދިކޮޅުގެ ސައިކަލު ބުރުގެ ތެރެއިން--
އެޗްޕީއޭގެ އެންގުމާ ހިލާފު އެއްވުންތަކުގައި ބައިވެރިވާ ނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، އެޗްޕީއޭގެ އިރުޝާދުތަކާ އެއް ގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ. 

އޭގެ އިތުރުން އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވުން ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުުން ވަނީ ބުނެފަ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިމެނޭ ކޯލިޝަނުން ސައިކަލު ބުރު ބާއްވަން ނިންމުމުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ދެ ޕާޓީގެ އިސް ބޭފުޅުން ފުލުހަށް ވެސް ހާޒިރުކޮށްފަ އެވެ. 

އެ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސައިކަލު ބުރު ނުބޭއްވުމަށް ފުލުހުން އެދުނު ކަމަށެވެ. 

ޝިޔާމް ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ދިވެހި ރައްޔިތުން ތިބި ނިކަމެތި ހާލަތު ކިޔައިދިނުމަށް މަގުތަކަށް ނިކުމެގެން އަދި ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން ވެސް އަޑުއުފުލާނެ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުގެ ޒުވާނުން އިސްނަގައިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް މާލޭގައި ސައިކަލު ބުރެއް ބޭއްވި އެވެ. އެ ހަރަކާތުގައި ބައިވެރިވި އިދިކޮޅު އިސްވެރިން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފަ އެވެ. އަދި ބޭރަށް ނިކުމެ އުޅޭ ވަގުތު ގައިދުރުކަން ބަހައްޓާ، މާސްކު އަޅަން ވެސް ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް