ads
ޕްރިމިއަ ލީގު ފަށާނީ މިިއަދު--
އިންގްލިޝް ޕްރިމިއަ ލީގު މިއަދު ފަށަނީ
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިއަދު ފަށާނެ އެވެ. މިއަދު ހަތަރު މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ސީޒަންގެ ފުރަތަމަ މެޗުގައި މިއަދު އާސެނަލް ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ. އޭގެ ފަހުން، ކްރިސްޓަލް ޕެލަސްއާއި ސައުތެމްޓަމްގެ މެޗު އޮންނާނެއެވެ. އަނެއް ދެ މެޗަކީ ޑިފެންޑިން ޗެމްޕިއަން ލިވަޕޫލްއާއި ލީޑްސްގެ މެޗުގެ އިތުރުން ވެސްޓް ހޭމްއާއި ނިއުކާސްލްގެ މެޗެވެ. ފުރަތަމަ މެޗު ފެށޭނީ ރާއްޖޭ ގަޑިން ހަވީރު ހަތަރު ގަޑި ބައިގައެވެ.

އާ ސީޒަން ފަށާއިރު އާސެނަލްއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ޔަގީންކަން ބޮޑުވެފައިވުން ކަމަށް އެ ކްލަބުން ދެކެއެވެ. އާސެނަލުން ވަނީ ޑިފެންޑިން ޗެމްޕިއަން ލިވަޕޫލްގެ މައްޗަށް ޗެރިޓީ ޝީލްޑް މެޗުގައި ކުރި ހޯދާފައެވެ.

ޕްރިމިއަ ލީގުގެ އާ ސީޒަން މިއަދު ފަށާއިރު، މުބާރާތުގެ މެޗުތައް އަދި ކުރިއަށްދާނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަޕޯޓަރުން ނުވައްދައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް