ads
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--
ރައްޔިތުން ބޭނުންވަނީ އެންމެ ކުޑަކޮށްވެސް 2000 އަކަފޫޓްގެ ބިން: ޖާބިރު
ރައްޔިތުން ބޭނުންވަނީ އެންމެ ކުޑަކޮށްވެސް 2000 އަކަފޫޓްގެ ބިން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވަނީ ފްލެޓް ނޫންކަމަށާއި، އެންމެ ކުޑަކޮށް ބޭނުންވަނީ 2000 އަކަފޫޓްގެ ބިން ކަމަށެވެ. 

ދިވެހިންނަށް ބިން ދިނުމުން އެމީހުން ބޯހިޔާވަހިކަން ހޯދާނެ ކަމަށާއި، އަބަދު އަވާމެންދުރު ނުދެއްކުމަށް ޖާބިރުގެ ޓްވީޓްގައި އެދިފައިވެ އެވެ.

ޖާބިރު ޓްވީޓާއި އެކު ހިއްސާކުރި ވީޑިއޯގައި ބުނެފައިވަނީ ކޮވިޑް19 ގެ ދުވަސްވަރުވެސް އެކިތަންތަނުގައި އެކި ގޮތްގޮތަށް އުޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި ވިދާޅުވީ ބިންކޮޅެއް ލިބުމުން ލިބޭ އުފަލަކީ ގެޔެއެއް އަޅައިގެން އެތަނުގައި އުޅެވުން ކަމަށެވެ. 

އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބިންކޮޅެއް ލިބުމުން އުފަލާއި އެކު އުޅެވޭނެ ކަމަށް އުންމީދުކުރާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް