ads
ބީއެމްއެލްގެ ސީއީއޯ--
ބޭރުން ފޮނުވާ ފައިސާ ޖަމާކުރާ އުސޫލު ބަދަލު ކުރީ ބޭންކުގައި ޑޮލަރު ހިފެހެއްޓުމަށް: ބީއެމްއެލް
ބޭރުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓުތަކަށް ޖަމާކުރުން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލީ ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު މަދު ކުރުމަށް ކަމަށް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު މީޑިއާތަކާ ބައްދަލުކޮށް ސޯޔާ ވިދާޅުވީ ބައެއް ފަރާތްތަކުން އެކައުންޓުގައި ހުރި ޑޮލަރު އޭޓީއެމް މެދުވެރިކޮށް ނެގުމަށް ފަހު އެހެން މާކެޓުތަކަށް ޑޮލަރު ވިއްކާ ކަމަށެވެ. 

އަދި ކާޑް އެސޯސިއޭޝަންތަކަށް ބޭންކުން ފައިސާ ދައްކަނީ ޑޮލަރުން ކަމަށާއި، ކަސްޓަމަރުން ކާޑަށް ފައިސާ ދައްކަނީ ރުފިޔާއިން ކަމަށް ވާތީ، ބޭންކު މެދުވެރިކޮށް ރާއްޖެއިން ބޭރުވާ ޑޮލަރު އިތުރު ކަމަށް ވިދާޅުވި އެވެ. 

އެގޮތަށް ވުމުގެ ސަބަބުން ބޭންކުގައި ހުރި ޑޮލަރުގެ މިންވަރު މަދުވެ، ޓީޓީ ފަދަ ކަންކަމަށް ޑޮލަރު ދޫކުރަން ދަތިވެ އެވެ. ސޯޔާ ވިދާޅުވީ ބޭންކުން ގޮތެއް ނިންމީ ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ. 

އެގޮތުން ބޭރުގެ ޑިޖިޓަލް ވޮލެޓާއި އެއް ފަރާތަކުން އަނެއް ފަރާތަކަށް އެފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ކަމަށް ކަނޑައެޅުމުން މުހިއްމު ބޭނުންތަކަށް ބޭންކުގައި ޑޮލަރު ހިފެހެއްޓޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް