ads
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް--
ރައީސް މައުމޫން ކޮވިޑުން ރަނގަޅުވެއްޖެ
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮވީޑް19 އިން ރަނގަޅު ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން ވަނީ ކޮވިޑުން ރަނގަޅުވުމުން ގެޔަށް ބަދަލުކޮށްފަ އެވެ. 

ރައީސް މައުމޫން ކޮވިޑް ޕޮޒިޓިވްވި ކަން ހާމަކޮށްފައި ވަނީ އޮގަސްޓް 25 ވަނަ ދުވަހު އެވެ. އެއާއެކު ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ އެމަނިކުފާނަށް ފަރުވާ ދޭން ފަށާފަ އެވެ. 

އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫން، ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ރޯގާގެ އާލާސްކަންފުޅަކާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް