ads
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އެތަނުގެ އިސްވެރިއެއް -- ފޮޓޯ: އީސީ
ހައްޤުތަކާ އެކު ޒިންމާތަކެއްވެސް ވާކަން ގަބޫލުކުރަންޖެހޭ: އީސީ
ހައްޤުތަކާ އެކު ޒިންމާތަކެއްވެސް ވާކަން ގަބޫލުކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އީސީން މިފަދައިން ބުނެފައިވަނީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ. 

އީސީގެ ބަޔާނުގައި ބުނެފައިވަނީ، ޑިމޮކްރަސީ ދުވަހާ ކުރިމަތިލާފައިވަނީ ރާއްޖޭގެ އިޖްތިމާއީ ހަޔާތުގައި ދުވަހަކުވެސް ތަޖުރިބާ ކޮށްފައިނުވާފަދަ ބިރުވެރި ނުރައްކާތެރި ރޯގާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. އަދި މި ރޯގާގެ ބަލިމަޑުކަން މުޅި ދުނިޔެ ތަހައްމަލު ކުރަމުން އަންނަކަމަށާއި، ޑިމޮކްރެސީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމަށް ކުރިން ހިންގި ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ މާހައުލެއް ނެތްކަމަށެވެ. 

ދިވެހިރާއްޖެ ޑިމޮރެސީއަށް ކުރާ ދަތުރުގައި، ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމުން، ރާއްޖެއިންދަނީ ވަރަށް މުހިންމު ތަޖުރިބާތަކެއް ކުރަމުންކަމަށް އީސީގެ ބަޔާނުގައި ބުނެފައިވެ އެވެ. މިގޮތުން، ސަރުކާރު ހިންގުމުގެ ބާރާއި އަދި ޤާނޫނުތައް ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިހާބު ވެގެން އަންނަ ބައެއްކަމަށް ފާހަގަކޮށްފައިވެ އެވެ. 

"އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް." އީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނުފޫޒެއްނެތި އަމިއްލަ އިހްތިޔާރުގައި ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެންކަން ފާހަގަކޮށް އީސީން ބުނެފައިވަނީ ތިމާޔަށް އެއްޗެއް ދޭ މީހަކަށް ވޯޓުލުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި ވަކިމީހަކަށް ވޯޓުލައިގެން ނުވަތަ ނުލައިގެން އަދަބެއް ނުދެވޭނެކަންވެސް ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން އީސީގެ ބަޔާނުގައި ބުނެފައިވަނީ ހައްޤުތަކާ އެކުއެކީގައި ޒިންމާތަކެއްވެސް ވާކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، ތިމާއަށް ލިބޭ ހައްޤެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް