ads
ހިތަދޫގައި އެޅި ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފި
އައްޑޫ ސިޓީގެ ހިތަދޫގައި އިިމާރާތް ކޮށްފައިވާ 264 ފްލެޓުގެ ތެރެއިން، ޑީކެޓަގަރީގައި ހިމެނޭ 32 ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމު ކޮށްފި އެވެ.

އައްޑު ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ޑީ.ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 835 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ތަފްސީލު އާންމުކޮށްފައިވާ ކަމަށެވެ. 

އަދި ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު އައްޑޫސިޓީ ކައުންސިލަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުއޮފީހަށް، 24 ސެޕްޓެމްބަރުގެ ކުރިން ހުށަހެޅުމަށް ވެސް ވަނި އެދިފައެވެ. 

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ ފްލެޓްލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހު ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް