ads
ހައިކޯޓު---
ކައުންސިލަރުންނަށް ފިޔަވަޅު އަޅާ އުސޫލު ހައިކޯޓުން ބާތިލް ކޮށްފި
ލޯކަލް ގަވަމެންޓު އޮތޯރިޓީން 2016 ވަނަ އަހަރު އެކުލަވާލި ކައުންސިލުން ކުރާ ޤާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލަކީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ހަދާފައިވާ އުސޫލެއްކަމަށް ބުނެ އެއުސޫލު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

2016 ވަނަ އަހަރުގެ ޖުލައި 25 ގައި އެލްޖީއޭއިން ކައުންސިލުން ކުރާ ޤާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލެއް ހަދާ ގިނަ ކައުންސިލަރުންތަކެއް ސަސްޕެންޑު ކޮށްފައިވެއެވެ.

އެމައްސަލަ އަމިއްލަ ފަރާތަކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު
އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 149 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ އިމުގެ ތެރެއިން ހަދާފައިވާ އުސޫލެއް ނޫން ކަމަށެވެ.

އަދި މި އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އާއި، 94 ވަނަ މާއްދާއާއި، 271 ވަނަ މާއްދާއާއި، 274 ވަނަ
މާއްދާގެ (ހ) އިން ޤާނޫނުން ބާރުލިބިގެން ހަދާ ގަވާއިދުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަނުކޮށް، އެ މާއްދާތަކާ ޚިލާފަށް އެކުލަވާލާފައިވާ އުޞޫލެއްކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

އެހެންވީމާ އެއުސޫލަކީ ބާތިލް އުސޫލެއް ކަމަށް ކަނޑައަޅާ ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. 

މިމައްސަލަަގައި ހައިކޯޓުން އިތުރަށް ބުނެފައިވަނީ ކައުންސިލްތަކާއި ކައުންސިލަރުންގެ މައްޗަށް އިސްލާހީ ފިޔަވަޅު ދަރަޖަކޮށް އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރު ލާމަރުކަޒީ ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ލިބިދީފައިނުވާ ކަމަށެވެ.

މިއުސޫލުގެ ދަށުން މީގެ ކުރިން ގިނަ ކައުންސިލަރުންތަކެއް ސަސްޕެންޑު ކޮށްފައިވާ އިރު ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ގިނަ ބާރުތަކެއް ކުރީ ސަރުކާރުން ވަނީ ނަގާފައެވެ.

އަދި ކައުންސިލްތަކަސާއި ކައުންސިލަރުންނަށް ދީފައިވާ ފުރުސަތުތައް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

އެހެންނަމަވެސް މިސަރުކާރު އުައުމާއި އެކު ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހު ތަކެއް ގެނެސް ކުރީ ސަރުކާރުން ކައުންސިލްތަކުން ނަގާފައިވާ ބާރުތައް ވަނީ އަނބުރާ ދީފައެވެ.

ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑީސެމްބަރު މަހުއެވެ.

ލާ މަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބި، އިދާރީ ގޮތުންވެސް ބައެއް ބަދަލުތަކެއް ވަނީ އައިސްފައެވެ.

ގާނޫނަށް ގެނެވުނު ބޮޑެތި އިސްލާހުތަކުގެ ތެރޭގައި މާލީ ގޮތުން ކައުންސިލް ބާރުވެރިކުރުވުމާއި، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމާއި، ކައުންސިލްތަކުގެ ދައުުރު 5 އަހަރަށް ބަދަލުކުރުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް