ads
ޗެލްސީ މެޗުގެ ތެރެއިން--
ބޮޑު ހޭދައެއް ކޮށްގެން ތައްޔާރުވި ޗެލްސީއަށް ރަނގަޅު ފެށުމެއް
އައު ސީޒަނަށް ބޮޑު ހޭދައެއް ކުރި ޗެލްސީން، ޕްރިމިއާ ލީގުގައި މޮޅަކުން ފަށައިފި އެވެ. ޗެލްސީން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރީ ބްރައިޓަން އަތުން ތިން ލަނޑު އެއް ލަނޑުންނެވެ.

ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ޗެލްސީން ނުކުތީ އަލަށް ޓީމާއި ގުޅުނު ދެ ކުޅުންތެރިން ކަމަށްވާ ޓިމޯ ވާނާ އާއި ކާއި ހަވާޓްޒް ހިމަނައިގެންނެވެ. ރޭގެ މެޗުގައި ޗެލްސީން ފުރަތަމަ ގޯލް ޖެހީ ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯއެވެ.

ބްރައިޓަންއިން ދެވަނަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި އެއްވަރު ކުރިއަސް ފަހުން ޗެލްސީން އިތުރު ދެ ލަނޑު ޖެހީއެވެ. ބްރައިޓަންއަށް އެއްވަރުކުރި ލަނޑު ޖަހައިދިނީ ލެއަންޑްރޯ ޓްރޮސާޑްއެވެ. ޗެލްސީން ދެވަނަ ލަނޑު ރީސް ޖޭމްސް އެވެ. ފަހު ލަނޑު ޖެހީ ކާޓް ޒޫމާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް