ads
އެމްއެންޑީއެފް ކޯސްޓްގާޑް
މަސްވެރިކަމަށް ނިކުމެ އުޅުނިކޮށް ދިވެއްސަކު ހާލު ދެެރަވެގެން މާލެ ގެންނަނީ
ކަންނެލި މަސްވެރިކަމަށް ނިކުމެއުޅުނު ދޯންޏެއްގެ ހުރި ދިވެހި ފަޅުވެރިއަކަށް އަވަސް ފަރުވާ ބޭނުންވެގެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަނީ، ކ. ދިއްފުށީގެ 80 ނޯޓިކަލް މޭލް ދުރުން ކަންނެލި މަސްވެރިކަން ކުރަން ނިކުމެއުޅެނިކޮށް ކުއްލިއަކަށް ހާލު ދެެރަވެގެން ކަމަށެވެ. 

“އަރޫޝާ”ނަމަކަށް ކިޔާ އެ ދޯނީގައި ހުރި ދިވެހި ފަޅުވެެރިއަކު ހާލު ދެރަވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެދުނު 08:00 ހާއިރު ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފްގެ މާލެ އޭރިއާގެ ކޯސްޓްގާޑުންގެ އެހީތެރިކަމާއިއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ސީއެމްބިއުލާސްގައި އެމީހާ މާލެ ގެނައުމުގެ މަސައްކަތްކުރަމުން ގެންދާކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް