ads
ޑރ. އިބްރާހީމް އަފްޒަލް--
ސިއްހީ ހިދުމަތްތެރިންގެ ސަބަބުން ވެސް ވައިރެސް ފެތުރިދާނެ: ޑރ. އަފްޒަލް
ސިއްހީ ހިދުމަތްތެރިއެއްގެ ސަބަބުން އެއްޕޭޝެންޓެއްގެ ގައިން އަނެއް ޕޭޝެންޓެއްގެ ގަޔަށް ޖަރާސީމެއް ވާރުތަވުންވެސް އެކަށީގެންވާ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މާދަމާ ފާހަގަކުރާ "ޕޭޝެންޓް ސޭފްޓީ" ދުވަހާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ މުޅި އަހަރު އެއްކޮށް ދިޔައީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި އެ ހާސްކަން އެންމެ ބޮޑަށް ތަހަންމަލްކުރަން ޖެހުނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ. 

ސިއްހީ ހިދުމަތްތެރިންނަކީ ކޮންމެ ގައުމެއްގައިވެސް ވަރަށް ލިމިޓެޑް އެހާމެ އަގުހުރި އިންސާނީ ވަސީލަތެއް ކަމަށާއި އެހެންވުމުން އެފަދަ ވަސީލަތެއްގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. 

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކުރެވޭނެ ގޮތްތަކާއިބެހޭ ގޮތުން ވާހަކަދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ ސިއްހީ ހިދުމަތްތެރިން ރައްކާތެރިކުރުމަށްޓަކައި އަދި ހާއްސަކޮށް ޕޭޝެންޓެއްގެ ސޭފްޓީ ގާއިމްކުރުމަށްޓަކައި މައިގަނޑު ހަތަރުކަމެއް ހިމެނޭކަމަށެވެ.

އެގޮތުން ޕޭޝެންޓް އެޑްމިޓްކުރެވިފައިވާ މާހައުލުވެސް ހުންނަންޖެހޭނީ ސިއްހީ ރައްކާތެރިކަމުގެ އުސޫލްތަކަށް ކަމަށާއި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްވެސް އަޅާފައި ހުންނަން ޖެހޭނެކަމަށެވެ. 

ސިއްހީ ހިދުމަތްތެރިންވެސް އެބޭފުޅުންނަށް ދީފައިވާ ރައްކާތެރިވުމުގެ ފިޔަވަޅަށް މިދުވަސްވަރު ވަރަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށާއި އޭގައި ހިމެނެނީ ހަމައެކަނި އެބޭފުޅުންގެ ރައްކާތެރިކަން ނޫންކަމަށާއި ޕޭޝެންޓުންގެ ރައްކާތެރިކަންވެސް ވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިއެއްގެ ސަބަބުން އެއްޕޭޝެންޓެއްގެ ގައިން އަނެއް ޕޭޝެންޓެއްގެ ގަޔަށް ޖަރާސީމް ވާރުތަވުންވެސް އެކަށީގެންވާކަމަށް ޑރ. އަފްސަލް ފާހަގަކުރެއްވި އެވެ. 

އެހެންކަމުން ޕޭޝެންޓާއި ސިއްހީ ހިދުމަތްތެރިޔާގެވެސް ރައްކާތެރިކަމަށްޓަކައި ސިއްހީ ގޮތުން އަޅަންޖެހޭ ހުރިހާ ރައްކާތެރިކަމަުގެ ފިޔަވަޅުތަށް އެންމެ ބޮޑަށް އަޅަން ޖެހޭ ފަރާތަކީ ސިއްހީ ހިދުމަތްތެރިޔާކަން ފާހަގަކުރެއްވިއެވެ.

އަދި އޭގެ އިތުރުން ބަލިމީހާއަށް ޒިޔާރަތްކުރާ މީހުންނާއި ބަލިމީހާއަށް އެހީތެރިވުމަށް ތިބޭ ފަރާތްތަކަކަކީވެސް ބަލިމީހާގެ ރައްކާތެރިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ބައެއް ކަން ޑރ ފައިސަލް ފާހަގަކުރެއްވި އެވެ. 

އެފަދަ ފަރާތްތަކުން ގައިދުރުކަން ބެހެއްޓުމާއި މާސްކު އަބަދުވެސް އަޅާގެން އުޅުމުގެ އިތުރުން ބަލިމީހަކަށް ޒިޔާރަތްކޮށްފައި ގެޔަށް އައުމަށްފަހު ލާގެން ހުންނަ އަންނައުނު އެއްކޮށް ބަދަލުކުރުމަށް ފަހު ސައިބޯނިލައިގެން ރަނގަަޅަށް ފެންވެރުން ވަރަށް މުހިންމުކަމަށާއި އަދި ބަލިމީހާ ގައިގާ އަތްލާ އެމީހާއަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ މީހާވެސް އެގޮތަށް ކަންތަށް ކުރުމަށް ޑރ އަފްޒަލް އިލްތިމާސް ކުރެއްވިއެވެ.

މާދަމާއަކީ ދުނިޔޭގައި ފާހަގަކުރާ "ޕޭޝެންޓް ސޭފްޓީ" ދުވަހެވެ. މިދުވަހުގެ މިއަހަރުގެ ޝިއާރަކީ "ބަލި މީހާގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނީ ބަލިމީހާއަށް ފަރުވާދިނުމުގައި ހަރަކާތެރިވާ ސިއްހީ ހިދުމަތް ތެރިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުން" ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް