ads
ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިރޭވެސް މުޒާހަރާކޮށްފި
އިދިކޮޅު ކޯލިޝަންގެ އިހްތިޖާޖު ޗާންދަނީ މަގުން ފެށިގެން މަޖީދީމަގުގައި ކުރިއަށް އެބަދެއެވެ.
އިދިކޮޅު ކޯލިޝަންގެ އިހްތިޖާޖު ޗާންދަނީ މަގުން ފެށިގެން މަޖީދީމަގުގައި ކުރިއަށް އެބަދެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ މި ކުރިއަށްގެންދާ ހަރަކާތަކީ ރައީސް ޔާމީންއަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ސަިޔާސީ ހުކުމެއް ކަމަށް ބުނެއެވެ. އެމަނިކުފާނު ދޫކުރުމަށް ގޮވާލާ އިހްތިޖާޖު ކުރިއަށްދާ އިރު މިހާތަނަށް ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބެނީ މަދަނީ އަބްދުﷲއާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.

އިހްތިޖާޖު ކުރަމުންދާ ބޭފުޅުން އަންނަނީ ރައީސް ޔާމީން މިހިނދުން މިހިނދަށް ދޫކޮށްލުމަށް ގޮވަމުންނެވެ. މި އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ އިރު ކުރީގެ މަޖިލިސް މެމްބަރުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާޢިލް އަދި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު މެންފަދަ ބޭފުޅުން ހިމެނެއެވެ. ފުލުހުން އަންނަނީ މި އެއްވުން ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް