ads
ފޮޓޯ: އެމްޓީސީސީ
ހުޅުމީދޫ ބަހާއުއްދީން މަގުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ
ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނެފައިވަނީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާއިރު މި މަޝްރޫއުގެ ދަށުން މަގުބައްތި ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތުގެ 48 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. 

މި މަޝްރޫއުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17،776 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭކަން ފާހަގަކޮށްފައިވެ އެވެ. 

ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 42.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެކެއް އޭޕްރީލް 2019 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް