ads
ސާމްޕަލް ނެގުމުގައި ސިއްހީ އެހީތެރިންނާއި ފުލުހުން އަދި ސިފައިން ހަރަކާތްތެރި ވަނީ----- ފޮޓޯ: ސީއެންއެމް
މިއަދު ޕޮޒިޓިވްވީ 67 މީހެއް
ރާއްޖެއިން އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވީ 67 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 23 ބިދޭސީއެކެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 62 މީހުން މާލެއިން ޕޮޒިޓިވްވިއިރު އަނެއް ފަސް މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. 

އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 9494 އަށް އަރާފައިވާއިރު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1422 ގަ އެވެ. އަދި މިއަދު 130 މީހަކު ކޮވިޑުން ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8033 އަށް އަރާފަ އެވެ. 

އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 104 މީހަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް