ads
ފޮޓޯ: ޕީޕީއެމް ޓުވިޓާ
އިދިކޮޅުން މުޒާހަރާ ނުކޮށް ހައްޖަށް ނުދިޔައީ ކީއްވެ؟
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަކީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެ އުޅުމުގެ ހައްގަށް ހުރަސް އެޅުމަށް އެތައް މަސައްކަތެއް ކުރައްވައި، އެއްވެ އުޅުމަކީ ބޮޑު ކުށެއްގެ ގޮތުގައި ގާނޫނީގޮތުން ކަނޑައެޅުއްވި ބޭފުޅެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަކީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެ އުޅުމުގެ ހައްގަށް ހުރަސް އެޅުމަށް އެތައް މަސައްކަތެއް ކުރައްވައި، އެއްވެ އުޅުމަކީ ބޮޑު ކުށެއްގެ ގޮތުގައި ގާނޫނީގޮތުން ކަނޑައެޅުއްވި ބޭފުޅެކެވެ.

އެ ބޭފުޅާގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާގުޅިގެން އެމަނިކުފާނު މިއަދު އޮންނެވީ ޖަލު ގޮޅީގައެވެ. އެމަނުކުފާނުގެ ވެރިކަމުގައި އެތައް ބަޔަކު ނުހައްގުންލީ ޖަލު ގޮޅިތަކުގެ ފެންވަރު ދަށްކަމުގެ ވާހަކަ އެމަނިކުފާނުގެ ގާނޫނީ ވަކީލުން އަންނަނީ ދައްކަވަމުންނެވެ.

ރައީސް ޔާމިންއަށް ކުރި 'ހުކުމް' 'ސިޔާސީ' ކަމަށް ބުނެ އެ ހުކުމް 'ނުހައްގު' ކަމަށް ބުނެ އިދިކޮޅުން ވަނީ ހުކުރު ދުވަހުގެ ރޭ މާލޭ ޖަލު ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ އަތް ބިނދުނު ހަބަރު ވެސް ފެތުރުނެވެ. ރައީސް ޔާމިންގެ ޕްރައިވެޓް ޓީވީޗެނަލް، ޗެނަލް 13 ގެ ނޫސްވެރިއަކަށް އަނިޔާވެސް ވިއެވެ. ބައެއް މީހުން ހައްޔަރުވެސް ކުރިއެވެ.

މިއިން ކޮންމެކަމެއް ރިޕޯޓުކޮށްލުމުން ވެސް ކުރިން އިދިކޮޅުގައި މިހާރު ސަރުކާރުގެ ސަޕޯޓަރުން އުފައްދާ ސުވާލެއް އޮވެއެވެ. އެއީ އެމީހުންނަށް އެ 'އަނިޔާތައް ލިބުނީ ގޭގައި އޮއްވައިތޯ؟' އެވެ. ނުވަތަ އެމީހުން 'މުޒާހަރާނުކޮށް ހައްޖަށް ނުދިޔައީ ކީއްވެތޯ؟' އެވެ.



މިއިންކޮންމެ ސުވާލެއް ވެސް 'ޖެއްސުމަށް' ނަމަވެސް ކުރާ ސަބަބަކީ އެއީ ކުރިން ރައީސް ޔާމިންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން މުޒާހަރާއަށް ނުކުރުތުމުން އެމަނިކުފާނު ކުރެއްވި ސުވާލުތައްކަމަށް ވާތީއެވެ.



މުޒާހަރާކުރާ މީހުންނަށް ދަތިކުރުމަށް އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް ހޯމް މިނިސްޓްރީން އަންގާތަނަކަށް ނޫނީ ދުރާލައި އެއްނުވެވޭނެގޮތައް ވެސް ހެދީވެސް ރައީސް ޔާމިންގެ ޕީޕީއެމްއަށް ނިސްބަތްވާ މަޖްލިސް މެންބަރުންގެ ވޯޓުންނެވެ.

ހުކުމެއް އަންނަ ހިސާބުން ޕާޓީގެ ރައީސްކަން ގެއްލޭގޮތަށް ގާނޫނު އިސްލާހު ކުރެއްވީވެސް ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕުންނެވެ.

ކޮށިދަނޑުގެއްލި މަރިޔަނބު ގެއްލި ކަތިވަޅި ގެއްލި ފޭހުނު އިލޮށިގަނޑު ވެސް އެމަނިކުފާނުގެ ލޮލަށް ހެރުނީއެވެ.

ރައީސް ޔާމިން ވިދާޅުވާގޮތަށް އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުން 'ހައްޖަށް ދާންވީ ނޫންތޯއެވެ؟ ނުވަތަ ގޭގައި އޮންނަންވީ ނޫންތޯއެވެ؟'
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް