ads
އިންތިގެ ކުރެހުން ދައްކާލައިފި، ވަރަށް ފުރިހަމަ
އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ހިއްސާކުރުމާއެކު އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

އެ ފޮޓޯތަކުން ފެނިގެންދަނީ ބައްދަލުވުން ކުރިއަށް ދިޔައިރު ވެސް އިންތި އޭނާގެ ކުރިމަތީގައި އޮތް ގަނޑެއްގައި އަންހެނެއްގެ ސްކެޗެއް ކުރަހަން އިން މަންޒަރެވެ. އެއާއެކު އެތައް ބައެއްގެ ފާޑުކިޔުން އިންތިއަށް އަމާޒުވީ މުހިއްމު ބައްދަލުވުމެއް ކުރިއަށް ދިޔައިރު ވެސް އެގޮތަށް ކުރެހުމެއް ކުރަހަން އިނުމުންނެވެ. އަނެއް ބަޔަކު އިންތިގެ ކުރެހުމުގެ ހުނަރަށް ތައުރީފް ވެސް ކުރި އެވެ.

ކޮންމެއަކަސް، އެމްޑީޕީން އެ ފޮޓޯތައް ހިއްސާކުރިއިރު އެ ސްކެޗުގެ މާބޮޑު ބައެއް ނިމިފައެއް ނުވެ އެވެ. އެކަމަކު މިއަދު އިންތި މިވަނީ އެ ކުރެހުން އެއްކޮށް ފުރިހަމަ ކުރުމަށް ފަހު އާންމުންނަށް ދައްކާލާފަ އެވެ. 

ޓްވީޓާ މެދުވެރިކޮށް އެ ކުރެހުން ދައްކާލުމާއެކު ވެސް އެތައް ބަޔަކު ވަނީ އެއީ ވަރަށް ފުރިހަމަ ކުރެހުމެއް ކަމަށާއި އިންތިއަކީ ހުނަރުން ފުރިފައިވާ މީހެއް ކަމަށް ބުނެފަ އެވެ. 

your imageއިންތިގެ ކުރެހުން--

ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައިރު އެޕާޓީން އިއްޔެ ވަނީ އެ ކޮމިޓީގެ ނައިބް މުގައްރަރު، ޝުއައިބް އަލީ ކޮމިޓީގެ ނައިބްކަމުންނާއި މެމްބަރުކަމުން އެކަހެރިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް