ads
ސުޝާންތު އޭނާގެ ދައްތައާއެކު--
ސުޝާންތުގެ ދައްތަ ދިހަ ދުވަހަށް ސޯޝަލް މީޑިއާއާ ދުރަށް
ސުޝާންތުގެ ކުއްލި މަރާއެކު ގިނަ ބަޔަކަށް ސިހުން ގެނުއިރު އޭނާގެ އާއިލާއިން ދަނީ އެމަރަށް އިންސާފު ހޯދައިދިނުމަށް އެދި އާދޭސްކުރަމުންނެވެ. ސުޝާންތުގެ މަރާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް އަޑުތައް ފެތުރެމުންދާއިރު އޭނާގެ ދައްތަ، ކްރިތީ އަންނަނީ އެފަރާތްތަކަށް ރައްދު ވެސް ދެމުންނެވެ.

ކޮއްކޮއަށް އިންސާފު ހޯދުމަށް އޭނާ އަޑުއުފުލަމުން އައި ނަމަވެސް ދިހަ ދުވަހަށް ސޯޝަލް މީޑިއާއިން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ކޮއްކޮއާ ދެން ބައްދަލުނުވާނެކަން އެނގުމުން ހިތަށް އެލިބޭ ހިތާމައިން އަރައިގަތުމަށް ވަގުތު ބޭނުންވާ ކަމަށް ބުންޏެވެ. އަދި ދުވަސްކޮޅަކަށް ސޯޝަލް މީޑިއާއަށް ދުރަށް ޖެހިލާ ސަބަބެއްގެ ގޮތުގައި ވެސް އެކަން ފާހަގަކުރެ އެވެ. 

ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރުތަކުގެ ސަބަބުން ބޯހަމަޖައްސާލުމަށް ކަމަށް ބުނެ، ނޫންނަމަ ނެގެޓިވިޓީއާ ދުރަށް ދިއުމުގެ ގޮތުން އެތައް ތަރިންނެއް މީގެ ކުރިން ވެސް އެކި ދުވަސްވަރު މަތިން ޝޯޝަލް މީޑިއާއާ ދުރަށް ޖެހިލާފައިވެ އެވެ.  

މީގެ ކުރިން ވެސް ކްރިތީ ވަނީ ސުޝާންތު މަރުވުމުން ހިތްދަތި ޕޯސްޓްތަކެއް ކޮށްފަ އެވެ. އަދި އެކަމުން އަރައިގަންނަން ނަގާނީ ކިހާ ދުވަސްކަން ބުނަން ނޭނގޭ ކަމަށް ވެސް ބުނެފައިވެ އެވެ. 

ސުޝާންތުގެ މަރާއި ގުޅިގެން އާއިލާއިން ތުހުމަތުކުރަނީ އޭނާ ރައްޓެހިވެގެން އުޅުނު ރިއާއަށެވެ. އެކަމުގެ ތަހުގީގުގެ ތެރެއިން ޑްރަގުގެ މައްސަލަތަކެއް ފެންމަތިވެ މިހާރު ރިއާ ހުރީ ހައްޔަރުކޮށްފަ އެވެ. 

އެކަމަކު ރިއާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތައް ދޮގުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް