ads
ގދ. ހޯނޑެއްދޫ---
ހޯނޑެއްދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 17 އަށް
ގދ. ހޯނޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 44 އަށް އަރާފައިވާއިރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 17 ގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު 17 މީހަކު ބަލިން ރަނގަޅުނުވެ ތިބިއިރު އެމީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންނެވެ. 

އެންމެ ފުރަތަމަ ކަރަންޓީނުގައި ތިބި ހަތަރު މީހަކު އެރަށުން ޕޮޒިޓިވްވިއިރު ހޯނޑެއްދޫ އިން ރެންޑަމްކޮށް ނެގި ދެ ސާމްޕަލެއް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

އޭގެ ފަހުން އެދެ މީހުންނާއި ކޮންޓެކްޓުވި 19 މީހަކު ޕޮޒިޓިވްވި އެވެ. އޭގެ ފަހުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެންޓްވެގެން ނެގި ސާމްޕަލުންތަކުން 44 މީހަކު ޕޮޒިޓިވްވެފައިވާއިރު އެމީހުންގެ ކޮންޓެކްޓުންގެ އަދަދު އުޅެނީ 200 އިން މަތީގަ އެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ބައެއް މީހުންގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނެ އެވެ. 

އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހަކަށް ވިލިނގިލީ އައިސޮލޭޝަން ފެސިލިޓީގައި ވެސް ފަރުވާދެމުން އެބަދެ އެވެ. 

ހޯނޑެއްދޫއަށް ކޮވިޑް ފެތުރެން ދިމާވި ގޮތުގެ ތަހުގީގެއް އެޗްޕީއޭ އިން ކުރަމުން އަންނައިރު ހޯމް ކަރަންޓީނުގައި ތިބި މީހުން، ރަށުގެ އެހެން މީހުންނާއި ބައްދަލުކުރިކަމުގެ އަޑުތައް އަރަ އެވެ. އެކަމަކު އެޗްޕީއޭގެ ފަރާތުން އެކަން ކަށަވަރުކޮށްދީފައި ނުވާއިރު އެރަށަށް ބަލި ފެތުރެން ދިމާވި ސީދާ ސަބަބު އަދި ހޯދިފައި ނުވާ ކަމަށާއި ކަރަންޓީނުގައި ތިބި މީހުން އެހެން މީހުންނާއި ބައްދަލުކުރިކަން އެނގެން ނެތް ކަމަށް އެޗްޕީއޭ އިން ބުނެ އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް