ads
ކޮވިޑް19 އަށް ބަޔަކު ޓެސްޓު ކުރަނީ
މިއަދު އިތުރު 81 މީހުން ޕޮޒިޓިވްވެއްޖެ
ރާއްޖެއިން މިއަދު 81 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 23 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި70 މީހުން ޕޮޒިތިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަނެއް 11 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 9649 އަށް އާރަފައެވެ. އަދި މިހާތަނަށް ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދަކީ 8188 އެވެ.

މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1422 މީހުންނެވެ. ރާއްޖެއިން މިހާތަނަށް 33 މީހުން ވަނީ ކޮވިޑް19 ޖެހިގެން މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް