ads
ކާތިކް އާއި ދީޕިކާ
ކާތިކްގެ ކިބައިން ދީޕިކާ ބޮޑު ކަމަކަށް އެދިއްޖެ
ކާތިކް އާރިޔަންއަކީ މިވަގުތު ބޮލީވުޑުގައި އެންމެ އަރަމުން އަންނަ އެއް ތަރި އެވެ. މިދުވަސްވަރުވެސް އޭނާގެ ނަން ގަދަޔަށް ދެކެވެމުން މިދަނީ ކާތިކް ލީޑު ރޯލުން ފެނިގެންދާ ފިލްމު، "ފަތީ ޕަތްނީ އޯރް ވޯ" އާ ގުޅިގެންނެވެ. ފިލްމުގެ ޕްރޮމޯޝަން މިހާރު ކުރިއަށްދާއިރު އެ ފިލްމުގެ ލަވަތަކަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ލަވަތަކެކެވެ.
ކާތިކް އާރިޔަން އަކީ މިވަގުތު ބޮލީވުޑުގައި އެންމެ އަރަމުން އަންނަ އެއް ތަރި އެވެ.

މިދުވަސްވަރުވެސް އޭނާގެ ނަން ގަދަޔަށް ދެކެވެމުން މިދަނީ ކާތިކް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ފަތީ ޕަތްނީ އޯރް ވޯ"އާ ގުޅިގެންނެވެ.

ފިލްމުގެ ޕްރޮމޯޝަން މިހާރު ކުރިއަށްދާއިރު މިފިލްމުގެ ލަވަތަކަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ލަވަތަކެކެވެ.

ފިލްމުގެ ލަވައެއް ކަމަށްވާ "ދީމޭ ދީމޭ"ގެ ޗެލެންޖެއްގެ ގޮތުގައި ސަޕޯޓަރުން އަންނަނީ އެ ލަވައިގައި ކާތިކް ޖައްސާ ހަރަކާތްތައް ޖައްސާ، ސޯޝަލް މީޑިއާއަށް ނަށާ ވީޑިއޯތައް ދޫކޮށްލަމުންނެވެ.

މިޗެލެންޖުގައި ބައިވެރިވާން ބަތަލާ ދީޕިކާ މިވަނީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އެހެންވެ ކާތިކް ކައިރީ މިވަނީ އޭނާއަށް އެލަވައިގެ ސްޓެޕްތައް ދަސްކޮށްދިނުމަށް އެދިފަ އެވެ.

ހަމަގައިމުވެސް ދީޕިކާ ފަދަ ތަރިއަކަށް ނަށަން ދަސްކޮށްދޭން ލިބުނު ފުރުސަތު ކާތިކް ދޫކޮށްލާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު އަދި އެކަމަށް ކާތިކް ބަހެއް ނުބުނެ އެވެ.

އުމުރުން 29 އަހަރުގެ ކާތިކް ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު، ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީންނެވެ.

މިފިލްމަށް ފަހު އޭނާއަށް ވަނީ ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބެން ފަށަފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް