ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި 250 މިލިއަން ޑޮލަރުގެ ލޯނު އެހީ ހަވާލުކޮށްދެއްވީ އިންޑިއާ ސަފީރު ސަންޖޭ ސުދީރެވެ.
އެ އެހީއާ ރައްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އިން ޓްރެޝަރީ ބިލެއްގެ ގޮތުގައި ގަންނަ އެ ފައިސާއަކީ ފަހުން ދައްކަން ޖެހޭ ގޮތަށް ފޯރުކޮށްދިން އެހީ އެކެވެ.
އެ ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ކުޑަ އިންޓްރެސްޓަކާއެކު އެ ފައިސާ އަނބުރާ ދައްކަން ރާއްޖެއަށް 10 އަހަރު ލިބޭނެ ކަމަށެވެ.
މިއީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރެވެ.