ads
ޗައިނާ ސަފީރު---
ޗައިނާއިން ނެގި ލޯނުތައް ދެއްކުން ފަސްކުރަން މަޝްވަރާކުރަނީ
ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމުގެ މަޝްވަރާ ފަށާފައިވާ ކަމަށާއި ނަތީޖާ ރަނގަޅުވާނެ ކަމަަށް އުއްމީދު ކުރައްވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ޓްވީޓާ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަފީރު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ދެއްކުން ފަސްކުރުމާއި ގުޅިގެން މަޝްވަރާތައް ފެށިފައިވާ ކަމަށާއި އެގޮތުން ގިނަ ލޯނުތައް ނަގާފައި ވަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށެވެ.

ސަފީރު އިތުރަށް ވިދާޅުވީ ލޯނުތަކާއި ގުޅިގެން ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގޭ ކަމަށާއި ވަކިން ހާއްސަކޮށް މިދަނޑިވަޅުގައި ލޯނު އަނބުރާ ދެއްކުމުގައި ވެސް ދަތިތަކެއް ހުރިކަން ޗައިނާއަށް އެނގޭ ކަމަށެވެ.

އަދި ދެ ގައުމުގެ ދެމެދުގައި މިހާރު ފެށިގެން ކުރިއަށްދާ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ އުއްމީދުކުރެވޭކަން ފާހަގަކުރެއްވި އެވެ. 

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ގިނަ ލޯނުތަކެއް ޗައިނާއިން ނަގާފައިވާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރުގެ ބައެއް އިސްވެރިން ކުރެ އެވެ. އެކަމަކު މި ސަރުކާރުގައި އިންޑިއާއިން ބޮޑެތި އަދަދުތަކުން ލޯނުތައް ނަގަމުންދާތީ އެކަމަށް އިދިކޮޅުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

މީގެ ކުރިން ޗައިނާ ސަފީރު ވަނީ އެގައުމުން ލޯނު ދެނީ ވަކި ކަމަކަށް ޝަރުތުކޮށް މަޖުބޫރުކޮށްގެން ނޫން ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް