ads
އަނުރާގު ކަޝްޔަޕް-
ޖިންސީ ގޯނާގެ ތުހުމަތާއެކު އަނުރާގުގެ ދިފާއުގައި ތަރިން ނިކުމެއްޖެ
ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު އަނުރާގު ކަޝްޔަޕްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި މިވަނީ ބަތަލާ ޕާޔަލް ގޯޝް އެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އަނުރާގަށް ކުރި ބޮޑެތި ތުހުމަތުތަކާއެކު އޭނާއާއެކު މަސައްކަތް ކުރި ބައެއް ތަރިން މިވަނީ އަނުރާގުގެ ދިފާއުގައި ނިކުމެ ވާހަކަ ދައްކާފައެވެ.

އޭގެ ތެރެއިން އެކަކީ ރަދިކާ އާޕްތޭ އެވެ. އަނުރާގާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށް ރަދިކާ ބުނީ އަނުރާގަކީ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށާއި އަބަދުވެސް އިންސްޕަޔާކޮށް ސަޕޯޓްދީފައިވާ ކަމަށެވެ. 

އަދި އަނުރާގް އާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އޭނާއާ އެކު އުޅޭއިރު ރައްކާތެރިކަމުގެ އިހުސާސެއް ކުރެވޭ ކަމަށެވެ. ރަދިކާ ވަނީ އަނުރާގަށް އިތުބާރުކުރާ ކަމަށް ވެސް ބުނެފަ އެވެ. 

އޭގެ އިތުރުން ވެސް ތާޕްސީ ޕަންނޫ އާއި ރިޗާ ޗައްދާ ފަދަ ތަރިން ވަނީ އަނުރާގުގެ ދިފާއުގައި ނިކުމެފަ އެވެ. 

ފުރަތަމަ ފަހަރަށް އަނުރާގުގެ މައްޗަށް އެފަދަ ބޮޑެތި ތުހުމަތުތަކެއް ތަރިއަކު ކުރިއިރު އެކަމާއި ގުޅިގެން އޭނާގެ ވަކީލު ނެރުނު ބަޔާނެއްގައި ބުނެފަައި ވަނީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުތަކާއެކު އަނުރާގު ވަަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް