ads
އާދަމް ޝަރީފް އިދިކޮޅުން ބެއްވި ޖަލްސާގައި ވާހަކަ ދައްކަނީ ފޮޓޯ/ ވަން
ހަލާދަނޑީގެ ދެކޮޅު ނުބަލާ ހުއްޓާ ގައުމު ދަނީ އަޅުވެތިވަމުން: އާދަމް ޝަރީފް
ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއަށް ފާޑު ވިދާޅުވެއްޖެއެވެ.

ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އިން ގަތް ޓްރެޝަރީ ބިލެއްގެ ގޮތުގައި ރާއްޖެއަށް ފޯރުކޮށްދިން 250 މިލިއަން ޑޮލަރު ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި، އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ. 

މިފަދަ ދަތި ހާލުގައި ވެސް، ދިވެހިރާއްޖޭގެ ރަހުމަތްތެރިން މިސާލު ދައްކައިފި ކަމަށާ މުޅި ދުނިޔެ ބަންދު ކުރިއަސް، އެ ގައުމުތަކުން ރާއްޖެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދު ނުކުރާނެކަން ދައްކުވައިފި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިވާހަކަތަކާއި ގުޅިގެން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ އޮންނަ ތަނުގެ ގޮތުން ބޭރުގެ ސަމާލުކަމަށާއި އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބޭ ކަމަށެވެ. ރާއްޖެ އަކީ މިސަރަހައްދުގެ މެރިޓައިމް ގެ މައި ލޭނާރު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ  ހަލާދަނޑީގެ ދެކޮޅު ނުބަލާ ހުއްޓާ ގައުމު މިދަނީ އަޅުވެތިވަމުން ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާ އާއި މެދު ދިވެހިންގެ މެދުގައި "ވަހުމު" އުފެދެނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންގުޅޭގޮތުން ކަމަށް މީގެ ކުރިން ވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މިނިވަންކަން ދަމަހައްޓާފައިވަނީ ދިވެހިންކަމަށެވެ. އަދި އިންޑިއާއާއި މެދު "ވަހުމު" އުފެދެން ފަށާފައިވަނީ ހާރިޖީ ސިޔާސަތު ގެންގުޅޭގޮތުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ. 

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރަށް އާދަމް ޝަރީފް ގޮވާލާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް