ads
މީގެ ކުރިން ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
ޕޮޒިޓިވްވާ ދަރިވަރުންނަށް ސެންޓަރުގައި އޭލެވެލް އިމްތިހާނު ހެދޭނެ ގޮތް ހަމަޖައްސަނީ
ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ ދަރިވަރުންނަަށް ވެސް އޭލެވެލް އިމްތިހާނުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން މިރޭ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވިދާޅުވީ މާލޭ ސަރަހައްދާއި އަތޮޅު ތެރޭގެ ސެންޓަރުތަކުގައި އަމަލުކުރާނެ ގޮތް ތަފާތުވާނެ ކަމަށެވެ. 

އެގޮތުން މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރެއްގައި އިމްތިހާނު ހަދަން ނިންމާފައިވާއިރު މި ސަރަހައްދުން ދަރިވަރަކު ބައްޔަށް ޕޮޒިޓިވްވެފައިވާނަމަ ޕޮޒިޓިވްވެފައިވާ ހުރިހާ ދަރިވަރުން ތިބޭނީ އެއް ސެންޓަރެއްގައި ކަމަށެވެ. 

އެގޮތުން އެ ދަރިވަރުން ތިބި ތަނަކުން ސެންޓަރުތަކަށް ގެނައުމުގެ މަސައްކަތް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ކުރާނެކަމަށާއި އެއިން ދަރިވަރެއްގެ ސިއްހީ ހާލަތު ގޯސްވެދާނެ ހާލަތަށް ވެސް ތިބޭނީ ތައްޔާރަށް ކަމަަަށް ވިދާޅުވި އެވެ. އަދި އެތަންތަނުގައި ތިބޭ ޗީފް އިންވިޖިލޭޓަރުންނަަަށް ވަކި ހާއްްސަ ތަމްރީނުތަކެއް ދޭނެ ކަމަށާއި އަދި އެކަންކަމުގެ ތަފްސީލު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިމްތިހާނު ކުރިއަށްދާ ގޮތުގެ އެސްއޯޕީގައި ހިމަނާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އޭގެ އިތުރުން އަތޮޅު ތެރޭގައި އެކަންކަން ބަލާއި އިންތިޒާމުކުރުމަަށް ފޯކަލް ޕޮއިންޓުން އައްޔަންކޮށްފައިވާ ކަމަަށް ވެސް އިހުސާނު ވިދާޅުވި އެވެ.

އޮކްޓޫބަރު ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި އެ ދަރިވަރަކު އިމްތިހާނު ހަދާއި ސެންޓަރު ހުންނަ ރަަށަކަށް އަވަހަށް ދިއުމަަށް މިފަހުން އިލްތިމާސްކޮށްފައިވާއިރު އިހުސާން ވިދާޅުވީ ކޮވިޑްގެ މިހާލަތުގައި ދަރިވަރުން އިމްތިހާނު ހަދާ ރަށެއްގައި ހުރުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން އެހެެން ސެންޓަރުތަކަށް އިމްތިހާނު ކަރުދާސް ފޮނުވަން ދަތިވާނެ ކަމަަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް