ads
ފުލުހުން އިންސްޕެކްޝަން ކުރިއަށް ގެންދަނީ--
އިންސްޕެކްޝަންގެ ދަށުން 233 ތަނެއް ބަލައިފި
މާސް އިންސްޕެކްޝަންގެ ދަށުން 233 ތަނެއް ބަލާފައިވާ ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، 233 ބަލާފައިވާއިރު އެއް ފިހާރަ ބަންދުކޮށްފައިވާކަމަށެވެ. 

އަދި މިކަމުން ކަންކަން ރަނގަޅަށް ބަލަހައްޓަމުންދާކަން ފާހަގަކުރެވޭކަމަށެވެ. އަދި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރާކަން ފާހަގަކުރެވޭކަމަށް ވިދާޅުވި އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ އަތޮޅު ތެރޭގައި އިންސްޕެކްޝަންސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެކި ފަރާތްތައް ތަމްރީން ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، މާލެ ސަރަހައްދުގެ އިންސްޕެކްޝަން ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑއަޅާފައިވާ ގައިޑް ލައިނާ އެއްގޮތަށް އާންމު ހިދުމަތް ދޭ ތަންތަނުން އަމަލު ކުރޭތޯ ބެލުމަށް އިންސްޕެކްޝަން ފަށާފައިވަނީ އޮގަސްޓް 25 ވަނަ ދުވަހު އެވެ. މިއީ މިފަދަ ގޮތަކަށް ކުރިއަށް ގެންދިޔަ ދެވަނަ އިންސްޕެކްޝަނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް