ads
ގދ. މަޑަވެލި--
މަޑަވެލި މޮނިޓަރިން އިން ނަގައިފި
ގދ. މަޑަވެލި މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

މަޑަވެލި މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު އެވެ. އެރަށް މޮނިޓަރިންއަށް ގެނެސްފައިވަނީ ކޯސްވޭއަކުން ގުޅިފައިވާ ހޯޑެއްދޫއިން ކޮވިޑް19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.  

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޯޒްވޭ އަކުން ގުޅިފައިވާ ހޯޑެއްދޫ މަޑަވެލީގެ ތެރެއިން މިވަގުތު ކަރަންޓީންގައި އޮތީ ހޯޑެއްދޫ އެކަނި ކަމަށެވެ. 

ހޯޑެއްދޫއިން ބަޔަކު ކޮވިޑް19 އަށް ޕޮޒިޓީޗް ވުމުން މަޑަވެލި ކަރަންޓީނަށް ގެނެސްފައިވާއިރު، ޑރ. ނަޒްލާ ވިދާޅުވީ މަޑަވެލިން ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާކަމަށެވެ. އަދި އެހުރިހާ ސާމްޕަލްތަކެއް ނެގެޓިވް ވުމުން އެރަށް މިއަދު މޮނިޓަރިންއިން ނެގާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް