ads
ޒްލަޓާން އިބްރޮހަމަވިޗް--
އިބްރަހިމޮވިޗްގެ ދެ ލަނޑާއެކު އޭސީ މިލާނުން ސީޒަން ފަށައިފި
ޒްލަޓާން އިބްރަހިމޮވިޗްގެ ދެ ގޯލާއި އެކު އޭސީ މިލާނުން އާ ސީޒަން ފަށައިފިއެވެ. އިޓާލިއަން ލީގުގެ އާ ސީޒަންގައި މިލާނުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ކުޅުނީ ބޮލޯނިއާ ދެކޮޅަށެވެ.

މިލާންގެ ދަނޑުގައި ކުޅުނު މި މެޗަކީ އާ ސީޒަންގެ އެ ޓީމުގެ ފުރަތަމަ މެޗުވެސްމެއެވެ. މެޗުގެ ފުރަތަމަ ގޯލު ޒްލަޓާން ޖެހީ 35 ވަނަ މިނިޓްގައެވެ. އަދި ދެވަނަ ހާފު ފެށިގެން ކުރީކޮޅު ލިބުނު ޕެނަލްޓީއެއްގައި ޒްލަޓާންވަނީ ދެވަނަ ގޯލު ޖަހާފައެވެ.

އުމުރުން މިހާރު 38 އަހަރުގެ އިބްރޮހަމަވިޗް، އާ ސީޒަންގެ ފުރަތަމަ މެޗުގައި ދެ ގޯލު ޖެހުމާއި އެކު އޭނާގެ ޖުމްލަ ގޯލުގެ އަދަދު 550އަށް ވުރެ މަތިވީއެވެ. 1999 ވަނަ އަހަރުން ފެށިގެން ކޮންމެ ސީޒަނެއްގައިވެސް އޭނާވަނީ ގޯލް ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް