ads
އިކޮނޮޮމިކް މިނިސްޓަރު ސައީދު: ވިދާޅުވީ ރާއްޖޭގައި އުފައްދާ ޑިވެޕޮލްމެންޓް ބޭންކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށް - ފޮޓޯ:އިކޮނޮޮމިކް މިނިސްޓްރީ
ޑިވެލޮޕްމެންޓް ބޭންކަށް ފަހިވާ މަޝްވަރާތައް ހިނގާނެ: މިނިސްޓަރު
މޯލްޑިވްސް އިންޓަނޭޝަނަލް ފިނޭންޝިއަލް ސާވިސް އޮތޯރިޓީ އާއި ޑިވެލޮޕްމެންޓް ބޭންކް ގާއިމްކުރުމަށް ފަހިވާނެ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ އިސްވެރިންނާ ބައްދަލު ކުރައްވާނާނެކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއް ގައި ސައީދު ވިދާޅުވީ ލަންޑަންގެ ފައިސާއާއި ބެހޭ ޖަމިއްޔާއާ، އިނގިރޭސިވިލާތުގެ ސަރުކާރު އޮފިޝަލުންނާއި، އެގައުމުގެ މަޖިލިސް މެމްބަރުން އަދި ކަމާ ބެހޭ މާހިރުންނާ އެ ދަތުރުގައި ބައްދަލުކުރައްާނެކަމަށެވެ. 

އަދި އެ ފަރާތްތަކާ ބައްދަލުކުރުމުގެ މައިގަނޑު މަގްސަދަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފިނޭންޝިއަލް ސާވިސް އޮތޯރިޓީ އާއި ޑިވެލޮޕްމެންޓް ބޭންކް ގާއިމްކުރުމަށް ފަހިވާނެ މަޝްވަރާތައް ކުރުން ކަމުގައި އެ ޕޯސްޓގައި ސައީދު ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސާދާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމަށް އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު އިނގިރޭސި ވިލާތަށް މިއަދު ވަނީ ފުރާވަޑައިގެންފަ އެވެ.

ސައީދުގެ ދަތުރާ ބެހޭގޮތުން ނެރުނު  ނޫސްބަޔާނެއްގައި އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު، ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯދުމުގެ މަގުސަދުގައި ކުރައްވާ ދަތުރެއް ކަމަށެވެ. 

ސައީދު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުގައި އެ ގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، އިގްތިސާދާއި ވިޔަފާރިއާ ގުޅޭ އެހެން ދާއިރާތަކުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. 

އިނގިރޭސިވިލާތަކީ ފައިނޭންޝަލް ދާއިރާގެ ތަޖުރިބާ އާއި އިލްމު ހުރި ގައުމަކަށް ވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ ރާއްޖެއިން އެ ގައުމާއެކު މަސައްކަތް ކުރަން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް