ads
ފިޝަރީޒް މިނިސްޓަރު
ކަނޑުގެ ދިރުންތަކަށް ޖެހޭ ބައްޔަށް ފަރުވާދޭ ފެސިލިޓީއެއް ހުޅުވައިފި
މެރިކަލްޗާ ކުރާ ކަނޑުގެ ދިރުމަށް ޖެހޭ ބަލިތަކަށް ސްކްރީން ކުރުމާއި، ޑައިގްނޯސްޓިކް ޓެސްޓްތައް ހެދުމާއި، ބަޔޯސެކިއުރިޓީ ކޮންޓްރޯލް ކުރުމުގެ ހިދުމަތްދޭ، އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީ، ރާއްޖޭގައި ގާއިމުކޮށްފި އެވެ.
މެރިކަލްޗާ ކުރާ ކަނޑުގެ ދިރުމަށް ޖެހޭ ބަލިތަކަށް ސްކްރީން ކުރުމާއި، ޑައިގްނޯސްޓިކް ޓެސްޓްތައް ހެދުމާއި، ބަޔޯސެކިއުރިޓީ ކޮންޓްރޯލް ކުރުމުގެ ހިދުމަތްދޭ، އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީ ރާއްޖޭގައި ގާއިމުކޮށްފި އެވެ.

އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކޮށްފައިވާ އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީ ހުޅުއްވައިދެއްވީ މިނިސްޓަރު ޒަހާ ވަހީދެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މެރިކަލްޗާ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް މި ހިދުމަތްތައް މިހާރު ފޯރުކޮށްދޭން ފަށާފައިވާއިރު ކުރިއަށް އޮތް ތަނުގައި މޮލިކިއުލާ ޑައިގްނޯސްޓިކްސް އާއި، ބެކްޓީރިއޮލޮޖީ އަދި ބޭސިކް ޕެރެސިޓޮލޮޖީގެ ހިދުމަތްތަކަށް އެކަށީގެންވާ ގާބިލުކަމާއެކު އުފެއްދުމަށް ވެސް ރޭވިފައިވާ ކަމަށެވެ.

މީގެއިތުރުން ރައްކާތެރިކަމާ އެކު ކަނޑުގެ ދިރުން ރާއްޖެއަށް އެތެރެކުރުމަށްޓަކައި އެކުއެޓިކް ބަޔޯސެކިއުރިޓީގެ ދާއިރާ މި ފެސިލިޓީއާ އެކު ރާއްޖޭގައި ތަރައްގީވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. މެރިކަލްޗާ ކުރުމުގައި ބަލިތަކުގެ ސަބަބުން ދިމާވާ ބޮޑެތި އިގްތިސާދީ ގެއްލުންތަކުން ސަލާމަތްވެ ތިބުމަށްޓަކައި، ރާއްޖޭގައި މެރިކަލްޗާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އެކުއެޓިކް އެނިމަލް ހެލްތްގެ ދާއިރާއިން ގާބިލުކަން އުފެއްދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށްވެސް ބުނެ އެވެ.

އެގޮތުން އިފާޑުގެ އެހީގައި މެރިކަލްޗާ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ވާނީ މެރިކަލްޗާ ސިނާއަތަށް ބޭނުންވާ އެކުއެޓިކް އެނިމަލް ހެލްތް ސްޓްރެޓެޖީއެއް އެކުލަވާލެވިފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

އެކުއެޓިކް އެނިމަލް ހެލްތް ފެސިލިޓީއަކީ މި ސްޓްރެޓަޖީގައި، ބަޔޯސެކިއުރިޓީއާއި އެކުއެޓިކް އެނިމަލް ހެލްތްގެ ދާއިރާއިން ފާހަގަކުރާ ކަންތައްތައް ތަންފީޒުކުރުމަށް މުހިއްމު ފެސިލިޓީއެއް ކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ މިފެސިލިޓީގެ ލެބޯޓްރީ ހެދުމާއި، ލެބޯޓްރީއަށް ބޭނުންވާ ސާމާނު ހޯދުމާއި، ފެސިލިޓީ ހިންގުމަށް ބޭނުންވާ މީހުން ތަމްރީނުކޮށްފައިވަނީ މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ފަރާތުން ކަމަށެވެ. އަދި ފެސިލިޓީގެ އިމާރާތް ހަދާފައިވަނީ ސަރުކާރުގެ ފަރާތުން ކަމަށްވެސް ބުނެފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް