ads
އެމެރިކާއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ދެ ލައްކައިން މައްޗަށް
ކޮވިޑް-19 ގައި އެމެރިކާއިން ދެ ލައްކައަށް ވުރެއް ގިނަ މީހުން މަރުވެއްޖެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 200,005 ކަށް އަރާފަ އެވެ. އެމެރިކާއަކީ ކޮވިޑް-19 ގައި އެއްގައުމަކުން ދެ ލައްކައަށް ވުރެ ގިނަ މަރު ރިޕޯޓްކުރި ފުރަތަމަ ގައުމެވެ.

އެގައުމުގައި މިހާތަނަށް ޖުމުލަ 6,861,211 މީހުނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެގައުމުން އެބަލީގައި ރަނގަޅުވި ކަމަށް ރިޕޯޓްކޮށްފައިވަނީ 3,747,380 މީހުންނެވެ. 

އެމެރިކާ ނެގުމަށްފަހު ކޮވިޑް-19 ގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ ބްރެޒިލުންނެވެ. އެގައުމުގައި 137,272 މީހުން ކޮވިޑް-19 ގައި މަރުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ އިންޑިއާގައި 88,935 މީހުން މަރުވި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

އެމެރިކާ ނެގުމަށްފަހު ކޮވިޑް-19 އަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފައިވަނީ ވެސް އިންޑިއާއިން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް