ads
އިތުރު 67 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 67 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ،

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވް ވީ މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންކަމަށާއި، 34 މީހުންނަކީ ބިދޭސީން ކަމަށެވެ. 

މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 9885 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1315 މީހުންނެވެ. 

އައިސޮލޭޝަން ފެސިލިޓީތަކުގައި 656 މީހުން ތިބި އިރު ހޮސްޕިޓަލުގައި 93 މީހަކު އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. 

މިއަދު ރާއްޖެއިން ކޮވިޑް-19 ގައި 92 މީހުން ރަނގަޅުވެފައިވާ ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިއާއި އެކު ކޮވިޑް-19 ގައި ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 8530 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް