ads
އައިއެލްޓީއެމްގައި ރާއްޖޭގެ ސްޓޭންޑް-- ފޮޓޯ: އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީން ޕާޓާ ޓްރެވަލް މާޓް ފެއާގައި ރާއްޖެ ޕްރޮމޯޓު ކުރަނީ
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ޕާޓާ ޓްރެވަލް މާޓް (ޕީޓީއެމް) ގައި ބައިވެރިވެއްޖެ އެވެ.

މި ފެއާއަކީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އިން ބާއްވާ ސިޗުއާން އިންޓަނޭޝަނަލް ޓެރެވަލް އެކްސްޕޯއާ ގުޅުވާލައިގެން ކުރިއަށްގެންދާ ފެއާ އެކެވެ. 

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި އެމްއެމްޕީއާރްސީން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްރެވަލް ޓްރޭޑް ކުންފުނިތަކާ އެއްތަނަކުން ބައްދަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރުތައް ބައިވެރިންނަށް ފޯރުކޮށްދޭނެ އެވެ. 

މި ފެއާގެ ތެރޭގައި ބާއްވާ ލައިވް ޕްރެޒެންޓޭޝަނާއި ފޯރަމް ބައްދަލުވުންތަކުގައި ކުރިއަށް އޮތް ތަނުގައި ޓުއަރިޒަމް ދާއިރާގެ މާކެޓިން ސްޓްރެޓެޖީ ރާވާލާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

މީގެ އިތުރުން އޭޝިއާ ޕެސިފިކް ރީޖަންގެ ގައުމުތަކުގެ ޓްރެވަލް ޓްރޭޑުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ދޭ ހާއްސަ އެވޯޑު "ޕާޓާ ގްލޯބަލް އެވޯޑް ޕްރެޒެންޓޭޝަން" ވެސް މި ފެއާގެ ތެރެއިން ދޭނެ އެވެ. 

މި ފެއާގެ އިތުރުން މި އަހަރު ކުރިން ބޭއްވި ޕާޓާ "ޑްރީމް ޓު ޓްރެވަލް" ފެސްޓިވަލުގައި ވެސް އެމްއެމްޕީއާރްސީން ބައިވެރިވެފައި ވެއެވެ. 

އޭގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ނިއު ނޯމަލްގައި ފަތުރުވެރިންގެ އިތުބާރު ރާއްޖެއަށް ހޯދުމަށް "ރީޑިސްކަވާ މޯލްޑިވްސް" ވެބިނާ ސީރީޒެއް މި މަހުގެ ކުރީކޮޅު އެމްއެމްޕީއާރްސީން ބޭއްވި އެވެ. 

"ރީޑިސްކަވާ މޯލްޑިވްސް" ކެމްޕޭނުގެ މަގްސަދަކީ ނިއު ނޯމަލްގައި ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި ޕްރޮމޯޓު ކުރުމެވެ. 

ޕެސިފިކް އޭޝިއާ ގައުމުތަކުން ރާއްޖެއަށް ގިނަ ފަތުރުވެރިން އާދެ އެވެ. އެގޮތުން ޗައިނާ، އިންޑިއާ، އޮސްޓްރޭލިއާ އަދި ޖަޕާން ފަދަ ގައުމުތައް މި ސަރަހައްދުގެ ޓޫރިސްޓު މާކެޓުތަކުގެ ތެރޭގައި ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް