ads
ހަސަން ނިޒާރު-- ފޮޓޯ: ޕޮލިސް
ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގާ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޮޓޯ ފުލުހުން އާއްމުކޮށްފި އެވެ.

އެ ތަހުގީގަށް ހޯދަމުން ދަނީ ތ. ތިމަރަފުށި، އަސަރީގެ، ހަސަން ނިޒާރެވެ. ފުލުހުން އޭނާގެ ފޮޓޯ އާއްމު ކުރުމަށް ފަހު އަންގާފައި ވަނީ އޮކްޓޯބަރު 3 ވަނަ ދުވަހުގެ 10:00 އަށް ތިމަރަފުށި ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ. 

ފުލުހުން ބުނީ އޭނާ ހާޒިރު ކުރަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ބަލަމުން ދަނީ ތިމަރަފުށި ޕޮލިސް ސްޓޭޝަނުންނެވެ. 

ފުލުހުން އޭނާގެ ފޮޓޯ އާއްމުކޮށްފައި ވަނީ ދިރިއުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރެވިފައި ނުވާތީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް