ads
މުމްބާއީ އިންޑިއަންސްގެ ރޯހިތް ޝަރުމާ--
އައިޕީއެލް: މުމްބާއީ އިންޑިއަންސްގެ ފުރަތަމަ މޮޅު
ޑިފެންޑިން ޗެމްޕިއަން މުމްބާއީ އިންޑިއަންސް، އައިޕީއެލް 2020 ގެ ފުރަތަމަ މޮޅު، ކޮލްކަތާ ނައިޓް ރައިޑާސް އަތުން ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަވެރި ޗެންނާއީ ސުޕަ ކިންގްސްގެ އަތުން ބަލިވެފައިވާ މުމްބާއީ، ނައިޓް ރައިޑާސް އަތުން ރޭ މޮޅުވީ ސާޅިސް ނުވަ ލަނޑުންނެވެ. އަބޫދާބީގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވެގެން ނައިޓް ރައިޑާސްއިން ގަސްދުކުރީ ހޮވާށެވެ. ބެޓިންއަށް އެރި، މުމްބާއީ އިންޑިއަންސްއިން ވިހި އޯވަރަށް ފަސް ކުޅުންތެރިން ނުބައިވެގެން ސަތޭކަ ނުވަދިހަ ފަސް ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ އަށް ޑިހަ ލަނޑު ހެދި ރޯހިތް ޝަރުމާއެވެ.

ޖަވާބުގައި ކުޅެން ނުކުތް ކޮލްކަތާ ނައިޓް ރައިޑާސްއަށް ވިހި އޯވަރަށް ނުވަ ވިކެޓް ގެއްލުވާލައިގެން ހެދުނީ ސަތޭކަ ސާޅީސް ހަ ލަނޑެވެ. މިއީ ކޮލްކަތާ ނައިޓް ރައިޑާސްގެ މިއަހަރުގެ ފުރަތަމަ މެޗުވެސް މެއެވެ. އެހެންކަމުން، މި އަހަރުގެ މުބާރާތް ނައިޓް ރައިޑާސްއިން ފެށީ ބައްޔަކާއި އެކުއެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ކިންގްސް އިލެވަން ޕަންޖާބު ވާދަކުރާނީ ރޯޔަލް ޗެލެންޖާސް ބެންގަލޯއާއި އެވެ. މި ދެ ޓީމުންވެސް މުބާރާތުގައި އެއް މެޗު މިހާތަނަށް ކުޅެފައިވާއިރު، ބެންގަލޫރުވަނީ އެ ޓީމު ކުޅުނު މެޗުން މޮޅުވެފައެވެ. ޕަންޖާބު ކުޅުނު މެޗުން އެ ޓީމު ބަލިވެފައިވަނީ މެޗު ޓައިވުމުން ކުޅުނު ސުޕަ އޯވަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް