ads
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10،000 އިން މައްޗަށް
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 10،000 އިން މައްޗަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފައިވަނީ މިއަދު ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 75 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 10،014 އަށް އަރާފަ އެވެ. 

މިއަދު ޕޮޒިޓިވްވީ 75 މީހުންގެ ތެރެއިން 53 މީހުންނަކީ ދިވެހިން ކަމަށާއި، 22 މީހުންނަކީ ބިދޭސީން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. 

މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1،300 މީހުންނެވެ. 

އައިސޮލޭޝަން ފެސިލިޓީތަކުގައި 796 މީހަކު ތިބި އިރު 82 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ. 

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް 76 މީހުން ރަނގަޅުވި އިރު މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ ޖުމުލަ 8،673 އަށް އަރާފައެވެ. 

ރާއްޖެއިން ކޮވިޑް-19 ގައި މިހާތަނަށް ރިޕޯޓް ކޮށްފައިވަނީ 34 މަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް