ads
ރާއްޖޭގައި ފަތުރުވެރިންތަކެއް--
ބޯޑަރު ހުޅުވާލިފަހުން 16405 ފަތުރުވެރިން ޒިޔާރަތްކޮށްފި
ބޯޑަރު ހުޅުވާލި ފަހުން 16405 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު މިމަހުގެ 23 ގެ ނިޔަލަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 16،405 ގަ އެވެ. 

އެގޮތުން ޖުލައި މަހު 1752 ފަތުރުވެރިން ރާއްޖެއަށް އައިއިރު އޮގަސްޓް މަހު އައިސްފައި ވަނީ 7628 ފަތުރުވެރިންނެވެ. އަދި މިމަހުގެ 23 ގެ ނިޔަލަށް އައިސްފައި ވަނީ 7076 މީހުންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން ގެނައުމެވެ. ކޮވިޑާއި ގުޅިގެން ފަތުރުވެރިން އަންނަ ނިސްބަތް ދަށްވެފައިވީނަމަވެސް ހުއްޓާނުލާއި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް