ads
އިސްލާމިކް މިނިސްޓްރީ--
ފަގީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ފަގީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

އެ މުއްދަތު އިތުރުކޮށްފައި މިވަނީ މާދަމާ 14:00 ގެ ނިޔަލަށެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ދަފްތަރު ރިވިއު ކުރުމަށް ޖުލައި މަހުގެ ތެރޭގައި ހުޅުވާލި ފުރުސަތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ފިތުރު ޒަކާތް ކުރީ އަހަރުގެ ފަގީރުންގެ ލިސްޓަށް ބެހާފައިވާތީ އިސްލާމިކް މިނިސްޓްރީއަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފިތުރު ޒަކާތް އެގޮތަށް ބަހަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ފަގީރުންގެ ލިސްޓް މުރާޖާ ކުރުމަށް ދަތިތަކަކާ ކުރިމަތިވުމުން ކަމަށެވެ.  

މިނިސްޓްރީން އެންމެ ފަހުން އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް ބަލާއިރު އޭގައިވާ ގޮތުން ރާއްޖޭގައި ފަގީރުންގެ ގޮތުގައި ތިބީ 8764 މީހުންނެވެ. އޭގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކު ތިބިއިރު އަތޮޅު ތެރޭގައި 7047 މީހަކު ފަގީރުންގެ ގޮތުގައި އެބަ ތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް