ads
ޗައިނާގެ ކިންޑަގާޓަން ސްކޫލެއްގައި ކިޔަވައިދެނީ--
ތުއްތު ކުދިންތަކަކަށް ޒަހަރު ދިން ޓީޗަރަކު މަރަން ޗައިނާގައި ހުކުމްކޮށްފި
ޗައިނާގައި ނާސަރީ ދަރިވަރުންތަކަކަށް ޒަހަރު ދިން ޓީޗަރަކު މަރަން ހުކުމްކޮށްފި އެވެ.

ޖިއާޒުއޯ ސިޓީގެ ކިންޑަގާޓަންގައި 25 ކުދިންނަށް ޒަހަރު ދީ، އެއް ކުއްޖަކު މަރާލާފައި ވަނީ ވާންގް ޔުން ނަމަކަށް ކިޔާ ޓީޗަރެކެވެ. 

އޭނާ ހައްޔަރުކޮށްފައި ވާއިރު، ކުދިންނަށް ޒަހަރު ދިނީ ހެނދުނުގެ ނާސްތާއަށް އަޅައިގެން ކަމަށް ވަނީ ބުނެފަ އެވެ. 

މިދިޔަ އަހަރުގެ މާޗް މަހު އޭނާ އެކަން ކުރީ އެހެން ޓީޗަރަކާ މެދު ހިތްހަމަނުޖެހިގެންނެވެ. އެ ސްކޫލުގެ ކުދިން ބަލިވުމުން ފުލުހުން ކުރި ތަހުގީގުން އެނގުނީ ކާތަކެއްޗަށް ސޯޑިއަމް ނައިޓްރޭޓް އަޅާފައި ހުރި ކަމެވެ. 

އިއްޔެ އޭނާ މަރަން ހުކުމްކޮށްފައި ވާއިރު، ކޯޓުން ބުނީ މިއީ އޭނާ ބަޔަކަށް ޒަހަރު ދިން ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިން އޭނާގެ ފިރިމީހާއަށް ވެސް ޒަހަރު ދިން ކަމަށް ކޯޓުން ބުންޏެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް