ads
ސީޕީ ހަމީދު އާއީ ހޯމް މިިނިސްޓަރު އިމްރާން---
ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ބޭނުންކުރުމުގައި އަނިޔާވެރިނުވޭ: ސީޕީ ހަމީދު
ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ބޭނުންކުރުމުގައި އަނިޔާވެރިނުވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންނަށް އިލްތިމާސްކުރައްވައިފި އެވެ.
ހުކުރު ދުވަހު ފާހަގަކުރާ ބައިނަލް އަގްވާމީ ނޮންވައިލެސް ދުވަހާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ހަމީދް ދެއްވި މެސެޖްގައި ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމާން މުޖުތަމައުއެއް ގާއިމްކުރުމަށް ގާނޫނުން ބާރު ލިބިގެން "ފިޒިކަލް ފޯސް" ބޭނުންކުރާ އެއްބަޔަކީ ފުލުހުންކަމަށެވެ.

އެހެންނަމަވެސް ފުލުހުންނަށް ލިބިދޭ އެ ގާނޫނީ ބާރުގެ ބޭނުންކުރުމުގައި އަނިޔާވެރި ވެގެން ނުވާނެކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ހަމައެގޮތައް އާއްމު ފަރާތަތަކުންވެސް ފުލުހުންނަށް އަނިޔާވެރިނުވުމަށް ހަމީދު އިލްތިމާސްކުރެއްވި އެވެ.
"ރައްޔިތުންގެ ރައްކާތެރިކަމާއި އަދި އަމާން މުޖުތަމައުއެއް ގާއިމްކުރުމަށް ގާނޫނުން ބާރު ލިބިގެން "ފިޒިކަލް ފޯސް" ބޭނުންކުރާ އެއްބަޔަކީ ފުލުހުން. މިއަދު އަޅުގަނޑުގެ އިލްތިމާސްއަކީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ބޭނުންކުރުމުގައި އަނިޔާވެރިނުވުމަށް. އަދި ފުލުހުންނަށްވެސް އެހެން ފަރާތްތަކުން އަނިޔާވެރި ނުވުމަށް. އަމާން މުޖުތަމައުއެއް ބިނާކުރެވޭނީ އެކަކު އަނެކަކަށް އަޅާލާއި ރައްކާތެރިކަމަށް އިސްކަން ދީގެން " ސީޕީ އަހްމަދު ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދުގެ އިތުރުން މިދުވަހާއި ގުޅިގެން ވަނީ ރާއްޖޭގެ ތަންފީޒީ އެހެނިހެން އިދާރަތަކުގެ ވެރިންވެސް އެކި މެސެޖްތައް ދެއްވާފައެވެ. 

އެގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ގެ މެސެޖްގައި އަމާން މުޖުތަމައުއެއް ބިނާކުރުމަށް ސުލްހަވެރިކަން އިސްކޮށް، އަނިޔާވެރިވުމަށް ހުރިހާ ހާލަތެއްގައިވެސް ނޫނެކޭ ބުނަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް