ads
97 މީހުން ޕޮޒިޓިވްވެ، 71 މީހުން ރަނގަޅުވެއްޖެ
ރާއްޖެއިން އިތުރު 97 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 97 މީހުންގެ ތެރެއިން 42 މީހުންނަކީ ދިވެހިން ކަމަށާއި، 55 މީހުންނަކީ ބިދޭސީން ކަމަށެވެ. މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 10،291 ކަށް އަރާފަ އެވެ. 

މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1،142 މީހުންނެވެ. 

އައިސޮލޭޝަން ފެސިލިޓީތަކުގައި 585 ފަރާތެއް ތިބިއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައިވަނީ 75 ފަރާތެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. 

މިއަދު ރާއްޖެއިން ކޮވިޑް-19 ގައި ރަނގަޅުވެފައިވަނީ 71 މީހެކެވެ. މިއާއި އެކު ރާއްޖެއިން ކޮވިޑް-19 ގައި ރަނގަޅުވި މީހުންގެ އަދަދު ވަނީ 9،108 ކަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް