ads
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް——ފޮޓޯ:އެޗްއީއޯސީ
ގައިޑްލައިނާ އެއްގޮތައް ހުންނަކަން ދައްކަން ފޭކް ސްޓިކާ ޖަހާކަމުގެ ކަންބޮޑުވުން
ގައިޑްލައިނާ އެއްގޮތައް ހުންނަކަން ދައްކަން ބައެއްތަންތަނުގައި ފޭކް ސްޓިކާ ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނެފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އާއްމު ހިދުމަތްދޭ ތަންތާގެ ހަތަރުވަނަ އިސްޕެކްޝަން ރައުންޑެއް މިހާރު ކުރިއަށްދާކަމަށެވެ. 

ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ ފަރާތުން އިންސްޕެކްޓްކޮށް ގައިޑްލައިންއާއި އެއްގޮތައް ހުންނަ ތަންތަނަށް އެޗްޕީއޭއިން ދޭ ސްޓިކާ އިސްޕެކްޝަނަށް ދާއިރު ބައެއްފަރާތްތަކުން އަމިއްލަޔަށް ތައްޔާރުކޮށްގެން ފޭކް ސްޓިކާ ތަތްކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.

"އެ އިސްޕެކްޝަނަށް ދާއިރު ބައެއް ފަރާތްތަކުން އެބަހުރި އަޅުގަނޑުމެން އިސްޕެކްޓްކޮށްފަ ރަނގަޅުކަމަށް ފާހަގަކުރެވޭ އަޅުގަނޑުމެންނަށް ގައިޑްލައިންތަކާއި އެއްގޮތައް ހުރިކަމަށް ފާހަގަކުރެވޭ ތަންތަނަށް ދޭ ސްޓިކާ، އަމިއްލަޔަށް އެބޭފުޅުން ތައްޔާރުކޮށްގެން އިންސްޕެކްޓް ނުކުރަނިސް ތައްކޮށްފަ. އިންސްޕެކްޓް ކުރެވޭ ތަންތަނުގެ ތަފްސީލްތައް އެޗްޕީއޭއިން ބަލަހައްޓަމުންދަނީ. އެހެންވީމަ އިންސްޕެކްޓް ކުރެވޭ ތަންތަނާއި ސްޓިކާ ދޭ ތަންތަނުގެ ތަފްސީލް އެޗްޕީއޭގައި ހުންނާނެ. އެގޮތައް އަމިއްލަޔަށް ތައްޔާރުކޮށްގެން ދެ ތަނެއްގައި ސްޓިކާ ޖަހާފައިވާކަން ފާހަގަކުރެވޭ." ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ބަލަން ދާއިރު ގައިޑްލައިންތަކާއި އެއްގޮތައް ހުރިކަމުގައި ވީނަމަވެސް ސްޓިކާ އަމިއްލައަށް ހަދައިގެން ތަތްކޮށްފައިވާ ތަނެއްނަަމަ، އެޗްޕީއޭގެ ފަރާތުން ދޫ ނުކުރާ ލިޔުމެއް އަމިއްލައަށް ބޭނުންކޮށްފައިވާތީ އެތަންތަނާއިމެދު ފިޔަވަޅު އަޅާނެކަމަށެވެ. 

އިންސްޕެކްޝަން ތެރެއިން އިތުރަށް ފާހަގަކުރެވުނު ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ނަޒްލާ ވިދާޅުވީ ފިހާރައަކަށް ނުވަތަ އެހެންވެސްތާކަށް އިންސްޕެކްޝަން ކުރަން އިންސްޕެކްޝަންގެ ޓީމުން ދާއިރު ވަރަށް ރަނގަޅަށް ކަންތައްތައް ހުންނަކަން ފާހަގަކުރެވުނު ނަމަވެސް އިންސްޕެކްޝަން ނިމި ސްޓިކާލިބުމާއިއެކު ގައިޑްލައިންގައި ހުރިކަންތައްތައް މަޑުމަޑުން ދޫކޮށްލެވޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ

ގައިޑްލައިންތައް ތައްޔާރުކޮށްފައި ހުންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން ގައިޑްލައިންތަކަށް ބޯލަބަންޖެހެނީ އިންސްޕެކްޓް ކުރާތީ ނުވަތަ އިންސްޕެކްޓްކުރާ ގަނޑީގައި އެކަނި ނޫންކަމަށާއި އަބަދުވެސް ގައިޑްލައިންތައްކަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވުމަށް ނަޒްލާ އިލްތިމާސްކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް