ads
ދިރާގުން ހިދުމަތް ފެށިއިރު ފޯނު ބޫތަކުން ބަޔަކު ފޯނު ކުރަނީ--- ފޮޓޯ: ދިރާގު
ދިރާގަށް 32 އަހަރު: ހަނދާންތައް މާޒީގެ ތެރެއަށް
ރާއްޖޭގެ މުއާސަލާތީ ސިނާއަތް ފަށައިދީ، ދިވެހި އިގުތިސާދަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ބައިވެރިޔާ، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް މިއަަދު މިިވަނީ 32 އަހަރު ފުރިފަ އެވެ.

ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ގައުމެއްކަމުގައި ވުމުން، މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ހާއްސަކޮށް މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި، އެހެން ގައުމުތަކާ ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ގައުމެއް ނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ދިރާގުން އެ އަގުހުރި މަސައްކަތް ފެށި އެވެ. އެކަމުގެ އިންވެސްޓްމަންޓްތައްކޮށް ދުނިޔޭގެ ގައުމުތަކާއި ރާއްޖެ މިވަނީ ގުޅުވާލަދީފަ އެވެ. 

ދިރާގު އުފެދުނުތާ މާގިނަ އަހަރުތަކެއް ނުވަނީސް ރާއްޖޭގެ ރަށްތަކަށް ޓެލެފޯނުގެ ހިދުމަތް ފޯރުކޮށްދީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ކާމިޔާބީއާއެކު ނިންމާލި އެވެ. މުޅިން އަލަށް އެ ދާއިރާއަށް ނިކުމެ އެފަދަ ބޮޑު ކާމިޔާބީއަކާއި ހިސާބަށް ކުންފުނިން ވާސިލުވުމަކީ ތައުރީފާއި ޝުކުރު ހައްގުކަމެކެވެ. 

އޭގެ އިތުރުން، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅާއި، އިތުރު 1253 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލަކުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު ދިރާގުން ގުޅުވާލި އެވެ. އެއާއެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުންފުނިން އަންނަނީ ކުރަމުންނެވެ. 

your imageފޮޓޯ: ދިރާގު

އެކުންފުނިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފައިވާއިރު އެންމެފަހުގެ ޓެކްނޮލޮޖީއާއެކު ފައިބާ ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތް ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ހިދުމަތް ވެސް އާބާދީގ 76 ޕަސެންޓަށް ލިބެމުންދާކަން ދިރާގުން ފާހަގަކުރެ އެވެ. އަދި ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތްވެސް ފެށި ދިރާގުން އަންނަނީ މާލެއެކޭ އެއްގޮތަށް ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް ދެމުންނެވެ. 

your imageފޮޓޯ: ދިރާގު

އޭޝިއާ ސަރަޙައްދުގައި ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމަށް ގިނަ މަސައްކަތްތަކެއް ދިރާގުން ކުރަމުން އަންނައިރު އެކުންފުނިން ވަނީ މިހާރު މަދު ގައުމެއްގައި ތައާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައްވެސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

your imageދިރާގުން 5ޖީ ތައާރަފުކުރުން-- ފޮޓޯ: ދިރާގު

މިއީ ދިވެހިންގެ ކުންފުނި

ދުނިޔޭގެ ޓެކްނޮލޮޖީ ސިނާއަތަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ސިނާއަތަކަށްވާއިރު ދިރާގުންވެސް ދަނީ ހަމަ އެ ހަލުވި މިނުގައި ޓެކްނޮލޮޖީ އާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުންނެވެ. އެގޮތުން ފާއިތުވި 32 އަހަރުގެ ތެރޭގައި ޒަމާނީ ހިދުމަތްތައް ދިވެހިންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އެންމެ އިސް ސަފެއްގައި މަސައްކަތްކުރި އެވެ. އަދި އެ ކުންފުނި ވުޖޫދުވެ ގައުމުގައި ހިނގަމުންދިޔަ އެންމެ ކުދި ކަންކަން ފެށުމުގެ ބޮޑެތި ކަންކަމުގައި ވެސް އެކި ގޮތްގޮތުން ދިޔައީ ހިދުމަތް ދެމުންނެވެ.

މިވަގުތު ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުގައި ވެސް ދިރާގުން އަންނަނީ ނަމޫނާ ދައްކަމުންނެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއިތައް ހޯދައިދީފައިވެ އެވެ.  

އޭގެ އިތުރުން، އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓްތައް އިތުރުކޮށް، ޑޭޓާއަށް އޮތް ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންގެ ހިދުމަތުގެ ތަޖުރިބާއަށް ބުރޫނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ވެސް ކޮށްފައިވާ ކަމަށް ކުންފުނިން ބުނެ އެވެ. 

ދިރާގުން މިފަހުން ވަނީ އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަށާއި ޕްރީޕެއިޑް ހިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ދިރާގުން ދެކޭ ގޮތުގައި އެކުންފުންޏަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ އެފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެކަން ވެސް ފާހަގަކުރެ އެވެ. 1988 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުމުގެ މަގު ތަނަވަސްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުން އަންނައިރު އެކުންފުންޏަކީ ކޮންމެ ދިވެއްސެއްގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެއް ކަމަށް ދިރާގުން ބުނެ އެވެ.

your imageފޮޓޯ: ދިރާގު

ދިރާގުން މަސައްކަތްކުރަނީ ހަމައެކަނި މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަކަށް ނޫނެވެ. ދިރާގުގެ އިޖުތިމާއީ ޒިންމާ ނުވަތަ "ސީ.އެސް.އާރް" ގެ ދަށުން ދަނީ ކުޑަކުދިންނާއި، ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް އަންނަކަން އެކުންްފުނިން ފާހަގަކުރެ އެވެ. އޭގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅުއަޅައި، މުވައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ފެށި ކުންފުންޏަކީ ވެސް އެއީ ކަމަށް އެކުންފުނިން ބުނެ އެވެ. 

ދިރާގުން ބުނީ ދިރާގުގެ މާޒީގައިވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުއާސަލާތީ ތަރައްގީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ގުޑުމެއްނެތި ދެމި އޮންނާނެ ކަމަށެވެ. އެ ކުންފުނީގެ އެންމެ ބޮޑު ތަސައްވަރަކީ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން ކަމަށާއި އެކަން ސާބިތުކޮށްދޭނެ ކަމަށް ވެސް ބުނެ އެވެ. 

ދިރާގުން ބުނާ ގޮތުގައި އެ ކުންފުނި ދެމި އޮންނާނީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަގްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގަ އެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް