އެނގިފައިވާ ގޮތުގައި އުމުރުފުޅުން 71 އަހަރުގެ ގާސިމް މިިފަހަރު ކައިވެނި ބައްލަވައިގެންފައި ވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިއްޔަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނަކާ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގާސިމްގެ ކައިވެނީގެ ހަފުލާ އޮތީ އޭނާގެ ސަން އައިލެންޑް ރިސޯޓުގަ އެވެ.
ވިޔަފާރިވެރިޔާ ގާސިމްގެ އެންމެ ހަގު އަނބިކަނބަލުންގެ ގޮތުގައި މިހާތަނަށް އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
އާ ކައިވެންޏެއް ކުރެއްވިއިރު ނަހުލާ އާއި އެހެން އަނބިކަނބަލުންނަށް ވެސް ގާސިމްގެ ބޭފުޅުން ތިއްބަވަ އެވެ.