ads
މީރާ-- ފޮޓޯ: އަވަސް
ޖީއެސްޓީ ރަޖިސްޓްރީން އުނިކުރަން އެދޭ ފަރާތްތަކަށް ހާއްސަ ކެމްޕޭނެއް މީރާއިން ފަށައިފި
ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހުއްޓާލާފައިވާ ފަރާތްތަކާއި ޖީއެސްޓީ ރަޖިސްޓްރީން އުނިކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް އެ ރަޖިސްޓްރީން އުނިކުރުމަށް ހާއްސަ ކެމްޕޭނަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފި އެވެ.

"ނުކުރާނަމަ އުނިކުރަމާ" ގެ ނަމުގައި ފެށި ކެމްޕޭނާ ގުޅިގެން މީރާއިން ބުނީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ސުން-ބަޔާން ހުށަހަޅަމުންދާ ކަމަށާއި ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ބަޔާން ހުށަހަޅަމުން ނުދާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރި ކުރުމުގެ ނިޔަތުގައި ރަޖިސްޓްރީކޮށް ވިޔަފާރި ނުފެށިފައިވާ ފަރާތްތަކާއި، ބީލަންތަކަށް ކުރިމަތިލާން ރަޖިސްޓްރީކޮށް ބީލަން ކާމިޔާބު ވެފައި ނުވާ ފަރާތްތަކާއި، ވިޔަފާރި ކުރުން ހުއްޓާލާފައިވާ ފަރާތްތަކަށް ކަމަށް މީރާއިން ބުނެ އެވެ. 

ވިޔަފާރިއެއް ނުކުރި ނަމަވެސް ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ސުންގަޑީގެ ކުރިން ޓެކްސް ބަޔާން ހުށަހަޅަން ޖީއެސްޓީ ގާނޫނުން ލާޒިމްކުރެ އެވެ. އެހެންކަމުން އެފަދަ ފަރާތްތަށް ބަޔާން ހުށަހަޅަމުން ނުދާ ނަމަ ޖޫރިމަނާވަމުން ދާނެ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ. 

your imageމީރާގެ "ނުކުރާނަމަ އުނިކުރަމާ" ކެމްޕޭނުގެ ޕޯސްޓަރެއް--

އެ އިދާރާއިން ބުނީ "ނުކުރާނަމަ އުނިކުރަމާ" ގެ ނަމުގައި ފެށި ކެމްޕެއިނުގެ ބޭނުމަކީ ޖޫރިމަނާ ނުވާނެ ގޮތް ހޯދުމަށް، އެފަދަ ވިޔަފާރިތައް ޖީއެސްޓީ ރަޖިސްޓްރީން އުނިކުރުމެވެ. 

އެގޮތުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓޫރިޒަމް މަސައްކަތް ކުރާ ފަރާތްތައް ނުވަތަ މުދާ އިމްޕޯޓް ކުރާ ފަރާތްތައް ފިޔަވައި އެހެން ވިޔަފާރި ކުރާ ފަރާތްތަކުން، އަހަރަކު ފަސް ލައްކަ ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ ނަމަ ޖީއެސްޓީ ރަޖިސްޓްރީން އުނިކުރުމަށް ހުށަހެޅިދާނެ އެވެ. 

އެފަދަ ފަރާތްތަކަށް ރަޖިސްޓްރީން އުނިވުމަށް އޮތް ހުރަހަކީ ނުދައްކާ ހުރި ޓެކްސްއާ ގުޅޭ ޖޫރިމަނާ ކަމުގައިވާ ނަމަ، މި ކެމްޕޭނުގެ ދަށުން ޖޫރިމަނާ މައާފުކޮށްދޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި ކެމްޕޭނުގެ ދަށުން ޖީއެސްޓީ ރަޖިސްޓްރީން އުނިކުރަން ބޭނުންވާ ފަރާތްތައް މީރާގެ 106 ފޯމު މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް