ads
އެމެރިކާގެ ރައީސް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޖ. ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޓްރަމްޕް ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނާއާ އަނބިކަނބަލުން މަލާނިއާ ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި ކަރަންޓީން ފަށާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އިތުރުން މަލާނިއާ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އެ ދެމީހުންގެ ހާލު ރަނގަޅުކަމަށެވެ. އަދި އެހެން ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބުނެފައިވެ އެވެ. 

މި ފަހުން ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޑިބޭޓްގައި ބައިވެރިވެފަ އެވެ. 

އެމެރިކާއަކީ މިވަގުތު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އަދި އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައިވަނީ ވެސް އެމެރިކާއިންނެވެ. އެމެރިކާގައި މިހާތަނަށް ޖުމުލަ 7.4 މިލިއަން މީހުނަށް މިބަލި ޖެހުނު ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. އަދި 212،660 މީހުން މި ބަލީގައި މަރުވި ކަމަށް އެމެރިކާއިން ރިޕޯޓްކޮށްފައިވެ އެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް