ads
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން--
ފާސް ނުވާ މާއްދާތަކުގެ ފީ ދައްކައިދިނުމާއި ގުޅޭގޮތުން އަދި ގޮތެއް ނުނިންމަން: އެޑިއުކޭޝަން
އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ފާސް ނުވާ މާއްދާތަކުގައި އަމިއްލައަށް ބައިވެރިވާ ދަރިވަރުންގެ ފީ ދައްކައިދިނުމާއި ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާއިލާތަކަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓްރު މުހައްމަދު އިހުސާން ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އެޕްލިކޭޝަން ޕްރޮސެސް އޮންނާނީ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާ ހިސާބުގަ އެވެ. 

އެގޮތުން އެހިސާބަށް ދިއުމުގެ ކުރިން ބަލަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ސަރުކާރުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ އަދި އެފަދަ ވާހަކަތަކެއް ދައްކަން މާއަވަސް ކަމަށެވެ.

ކޮވިޑާއި ގުޅިގެން މިއަހަރުގެ އޯލެވެލް އިމްތިހާނު ވަނީ އަންނަ އަހަރަށް ފަސް ކުރެވިފަ އެވެ. އެގޮތުން ބޮޑު ބަދަލުތަކެއް އެކަޑަމިކް ކަލަންޑަރަށް ގެނެސްފައިވާއިރު އޯލެވެލް އިމްތިހާނު އޮންނާނީ މެއި މަހުގެ ތެރޭގަ އެވެ. 

މީގެ ކުރީ އަހަރުތަކުގައި އޯލެވެލްގައި ބައިވެރިވުމަށް މާއްދާއަކުން ފާސް ނުވާނަމަ އެ މާއްދާއަކުން އިމްތިހާނުގައި ބައިވެރިވާން ޖެހެނީ އަމިއްލައަށް ފައިސާ ދައްކައިގެންނެވެ. އަދި މިފަހަރު ކޮވިޑާއި ގުޅިގެން ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ. 

ކޮވިޑް-19 އާ އެކު ގިނަ ބައެއްގެ ވަޒީފާތައް ގެއްލި އާމްދަނީއަށް ނުރަނގަޅު އަސަރުތައްކޮށްފައިވެ އެވެ.

އޯލެވެލް އިމްތިހާނު ފަސްކުރިއިރު އަންނަ ހަފުތާގައި އޭލެވެލް އިމްތިހާނު ފެށޭނެ އެވެ. އަދި ކޮވިޑުގެ މި ހާލަތުގައި ވެސް އެ އިމްތިހާނު ކުރިއަށް ގެންދަން ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް އޮތީ ތައްޔާރަށް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ވަނީ އިމްތިހާނު ހަދާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގައިޑްލައިްތައް ވެސް ތައްޔާރުކޮށްފަ އެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް