ads
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު--
މާދަމާ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 2000 ރުފިޔާ ބަހަނީ
މާދަމާ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނަށް ބަހަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި މިއަހަރު މުރާޖައާ ކުރި ލިސްޓުގައި ހިމެނެނީ 11،514 މީހެއް ކަމަށެވެ. 

އެގޮތުން މާދަމާ އިން ފެށިގެން މުދަލު ޒަކާތް ބަހަން ނިންމާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއިން ކޮންމެ މީހަކަށް 2000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އެ ފައިސާ މާދަމާ އެކައުންޓުތަކަށް ޖަމާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މުދަލުޒަކާތް ބެހުމަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. 

ފަގީރުންގެ ލިސްޓް މުރާޖާކޮށް އެ ގޮތަށް މުދަލު ޒަކާތް ބަހަން ނިންމިއިރު މިއަހަރުގެ ފިތުރު ޒަކާތް ކުރީ އަހަރުގެ ފަގީރުންގެ ލިސްޓަށް ބެހުމުން އިސްލާމިކް މިނިސްޓްރީއަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފިތުރު ޒަކާތް އެގޮތަށް ބެހީ ކޮވިޑް-19 އާ ގުޅިގެން ފަގީރުންގެ ލިސްޓް މުރާޖާ ކުރުމަށް ދަތިތަކަކާ ކުރިމަތިވުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް